އެހެން މަސްތަކާ ޚިލާފަށް ކޮންމެ ރަމަޟާން މަހަކު ވެސް ގޭގެ ސުފުރާމަތިން ވެސް ފެންނާނެ އެންމެ ކުލަ ރީތި ބުއިމަކަށް ވާނީ ކަރާ ފަންޏެވެ. ޒަމާނުއްސުރެ ކަރާ ހަމައެކަނި ބޭނުން ކުރަމުން އައީ ރޯދަ ވީއްލުމަށް ބޭނުންކުރާ ފަންޏެއްގެ ގޮތުގައިވީ ނަމަވެސް މިއަދު ކަރަލަކީ ތަފާތު އެކި ގޮތްގޮތަށް ކެއުމުގައި ބޭނުންކުރެވޭ މޭވާއެކެވެ.

ކަރަލުން ފަނި ގިރުމުގެ އިތުރުން ބައެއް މީހުން ރޯދަ ވީއްލުމަށްފަހު ކަރާ ހުހަށް ކެއުމަށް ބޭނުން ކުރާއިރު ކަލިނަރީ ދުނިޔޭގައި ކަރަލަކީ ސެލެޑް ނުވަތަ ސަޓަނި ތައްޔާރު ކުރަން ބޭނުންކުރާ ވަރަށް މުހިއްމު އެއް ބާވަތެކެވެ.

ދިވެހީންގެ މެދުގައި ވެސް ނުހަނު މަގުބޫލު މި މޭވާއަކީ ހަށިގަނޑަށް ގިނަ ގުނަ ފައިދާތަކެއް ލިއްބައިދޭ މޭވާއެއްކަމުން އެ ފައިދާތަށް ދެނެގަތުމަކީ މުހިއްމު ކަމެކެވެ. އެންޓިއޮކްސިޑެންޓްސްއާއި ނިއުޓްރިއެންޓްސްގެ މުހިއްމު ގިނަ މާއްދާތަކެއް އެކުލެވޭ ކަރަލަކީ ހައިޑްރޭޓްވުމުން މީހާ ދުރުކުރުމަށް އެހީވެދޭ މޭވާއެކެވެ. ވިޓަމިން އޭ އަދި ސީގެ މާއްދާތައް ހިމެނޭ މި މޭވާއިން ލިބިދޭ މުހިއްމު ފައިދާތަކުގެ ތެރޭ:

  • ކަރަލަކީ ގިނަ އަދަދަކަށް ފެން އެކުލެވޭ މޭވާއަކަށް ވުމުން ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ބޭނުންވާ ފެނުގެ މިންވަރު ކަރާ ބޭނުކުރުމުގެ ސަބަބުން އިތުރުވެގެންދެއެވެ.

  • ހަށިގަނޑަށް ބޭނުންވާ މުހިއްމު ނިއުޓްރިއެންޓްސްތަކާ އެކު ޕޮޓޭސިއަމް، މެގްނީސިއަމް، ވިޓަމިން އޭ އަދި ވިޓަމިން ސީ ކަރަލުން ލިބެއެވެ. އެއް ޖޯޑުގެ މިނަށް ކޮށާފައި ހުރި ކަރަލުން ހަށިގަނޑަށް ޖުމްލަ 152 ގްރާމްސް ނިއުޓްރިއެންޓްސް ލިބެއެވެ. އޭގެ ތެރޭގައި ކެލޮރީސް، ކާބްސް، ފައިބަ، ހަކުރު، ޕްރޮޓީން، ފެޓް، ވިޓަމިން އޭ، ވިޓަމިން ސީ، ޕޮޓޭސިއަމް، މެގްނީސިއަމް ހިމެނެއެވެ.
  • ކަރާގައި އެކުލެވޭ ލައިކޯޕީން މާއްދާއަކީ ހިތުގެ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އެހީވެދީ ހަށިގަނޑުގައި ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދީ ބްލަޑް ޕްރެޝަ ދަށްކޮށްދިނުމަށް އެހީވެދޭ މާއްދާއެކެވެ.
  • ހަންގަނޑު ދުޅަހެޔޮކަން މަތީ ރީތިކޮށް ބެހެއްޓުމުގެ އިތުރުން ބޮޑުކަމު ދިއުމަށް ކަރަލަކީ ވަރަށް ބޮޑަށް އެހީތެރިވެދޭ މޭވާއެކެވެ.

ކަރާ ހިމަނައިގެން ތައްޔާރުކޮށްފައިވާ ސެލެޑެއް-- ފޮޓޯ/ޕިންޓަރެސްޓް
ސިއްހީ މާހިރުންނަށް މިހާތަނަށް އެންމެ ގިނައިން ކުރިމަތިވެފައިވާ ސުވާލަކީ ކަރާގައި ހަކުރުގެ މާއްދާ އެކުލެވިގެންވާ މިންވަރާ ބެހޭގޮތުންނެވެ. މީގެ ޖަވާބުގައި ބައެއް ސިއްޙީ މާހިރުން ބުނެފައިވަނީ އާދައިގެ މެދު ސައިޒެއްގެ ކަރަލެއްގައި 17.7 ގްރާމް އެކުލެވޭ ކަމަށެވެ. އެހެންކަމުން ހަކުރު ބައްޔަށް ބޭސްކުރާ މީހުން ކަރާ ކެއުމުގައި ކެވޭ މިންވަރާ މެދު ކޮންމެ ވެސް ވަރަކަށް ވިސްނާލުން މުހިއްމު ކަމަށް ސިއްހީ މާހިރުން ލަފާ ދެއެވެ.

ކަރާ ކެއުމަށް ވަކި ވަގުތެއް ހާއްސަ ކުރެވިފައިނުވާއިރު ނިދުމުގެ ކުރިން ވެސް ކަރާ ކެވިދާނެއެވެ. ނަމަވެސް ކަރަލުން ލިބޭ ފައިދާތައް ދެނެގަތުމަށް ފަހު ރަމަޟާން މަހު ނަމަނަމަ ދުވާލު ގަޑީގައި ކަރާ ނުކައްޗެވެ.