ކޮންމެ ވެބްސައިޓެއްގެ ވެސް ޑެސްކްޓޮޕް އެޕްލިކޭޝަނެއް ކޮމްޕިއުޓަރަށް އިންސްޓޯލް ކުރެވޭނެ އާ ފީޗާއެއް ކްރޯމުން ތައާރަފުކުރަން ނިންމައިފިއެވެ.

މިއީ އެޕަލްގެ ސަފާރީ ބްރައުޒާ އިން އެންމެ ފަހުގެ މެކްއޯއެސް ސޮނޯމާގައި ތަޢާރަފް ކުރި ކަހަލަ ފީޗާއެކެވެ.

މި ފީޗާގެ ސަބަބުން ކޮންމެ ވެބްސައިޓަކަށް ވަނުމުން އެ ވެބްސައިޓްގެ ޑެސްކްޓޮޕް އެޕް އިންސްޓޯލް ކުރަން އަހާނެއެވެ. އެގޮތުން ބްރައުޒާގެ ކާނާތްފަރާތު މަތިން ނޮޓިފިކޭޝަނެއް ފެންނާނެއެވެ.

އެކަމަކު މިފީޗާ މަސައްކަތްކުރާނީ ކްރޯމް ބްރައުޒާގެ ސެޓިން މެނޫގައި "އިންސްޓޯލް ޕޭޖް އޭޒް އެޕް" ‎‎ ގެ ނަމުގައި ހިމަނާފައިވާ އޮޕްޝަން އެލޯ ކޮށްފައިވާނަމައެވެ. މިއީ ކޮންމެ ވެބްސައިޓެއް ވެސް ސްޓޭންޑަލޯން ޑެސްކްޓޮޕް އެޕްލިކޭޝަނަކަށް ބަދަލުކުރެވޭނެ ‎‎ފީޗާއެކެވެ.

‎ސެޓިން ތެރޭން އެ އޮޕްޝަން އެލޯ ނުކުރިޔަސް ޔޫޓިއުބް ނުވަތަ ރެޑިޓް ފަދަ ޕްރޮގްރެސިވް ވެބް އެޕް (ޕީޑަބްލިއުއޭ) ފަންކްޝަނަލިޓީ ބިލްޓް-އިން ހުރި ވެބްސައިޓްތަކަށް ކްރޯމް ‎‎އޮޓޮމެޓިކުން އޮޕްޝަނަލް އެޕް އިންސްޓޯލްގެ ގޮތުގައި ސާފޭސް ކުރާނެއެވެ.‎

‎ގޫގުލްގެ ކްރޯމްގައި އަލަށް އިތުރުކުރާ މިފީޗާތަކާއެކު، އިންސްޓޯލްކޮށްފައިވާ ވެބް އެޕްލިކޭޝަންތަކަށް ނެވިގޭޝަން ބަޓަންތަކާއެކު އަމިއްލަ ސިމްޕްލިފައިޑް ޓޫލްބާއެއްގެ ‎‎އިތުރުން ޕްރިންޓް ކުރުމާއި ޒޫމް ކުރުމާއި އޮންލައިން ޓީވީތަކަށާއި، ކާސްޓިން އަދި އަންއިންސްޓޯލިން ފަދަ އޮޕްޝަންތައް ހިމެނޭ އެޕް މެނޫއެއް ވެސް ‎‎ލިބޭނެއެވެ.‎

‎މިފީޗާތައް ޓެސްޓިން މަރުޙަލާގައި އޮތުމާއެކު ގޫގުލްއިން ބުނަނީ އަލަށްތަޢާރަފްކުރާ ވެބް އެޕް އިންސްޓޯލް ފީޗާ ޕްރޮގްރެސިވް ވެބް އެޕްލިކޭޝަން (ޕީޑަބްލިއުއޭ) އަށް ކްރޯމް އިން މިހާރު ވެސް ދޫކުރަމުން އަންނަ ކަމަށެވެ. ގޫގުލްއަކީ ޕީޑަބްލިއުއޭއަށް ވަރަށް ބޮޑަށް ތާއީދުކުރާ ކުންފުންޏެކެވެ.

‎ގޫގުލްއިން ބުނީ މިވަގުތު ވެބް އެޕް އިންސްޓޯލް ކުރުމުގެ ފީޗާ އަދިވެސް ޓެސްޓު ކުރަމުން އަންނަ އިރު ކްރޯމް ކެނެރީ ބިލްޑްސްގައި މެނުއަލްކޮށް ‎‎މިހާރުވެސް އެނެބަލް ކުރެވޭނެ ކަމަށެވެ.

އެކަމަކު ވަރަށް އަވަހަށް ސްޓޭބަލް ކްރޯމަށް ވެސް ރިލީޒްކުރާނެ ކަމަށް ބެލެވޭ އިރު، ވާޝަން 124 އާ ހަމައަށް މި އަޕްޑޭޓްތައް ލަސް ‎‎ވެދާނެ ކަމަށް ވެސް ބެލެވެއެވެ.‎