11:55


މަހުގެ އެކި ބާވަތްތައް ލިބޭ ފިހާރައެއް "އެންސިސް ފްރެޝް"ގެ ނަމުގައި އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިއަދު ހުޅުވައިފި  އެވެ.  


އެންސިސް ކުންފުނީގެ ފަރާތުން މާލޭގައި ހުޅުވި މި ފިހާރަ މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ހުޅުވައިދެއްވީ މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ ޑރ. އިބްރާހިމް ދީދީ އެވެ.


އެ ކުންފުނީގެ ފަރާތުން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ތަފާތު ބާވަތްތައް ދަރުބާރުގޭ ކައިރީގައި މިއަދު ހުޅުވި އެ ކުންފުނީގެ އެންސިސް ފްރެޝް ފިހާރައިން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.  އަދި އެ ފިހާރަ ހުޅުވުމުގެ މަގްސަދަކީ އެ ކުންފުނިން އުފައްދާ ތަފާތު ޕްރޮޑަކްޓްތައް ދިވެހިންނަށް ލިބޭނެ މަގުފަހިކޮށްދިނުން ކަމަށް ވެސް ކުންފުނީގެ އޮފިޝަލެއް ވިދާޅުވި އެވެ.  


ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ވިދާޅުވީ، މަސްދަޅު ކޭހުން ލިބޭ ސަބްސިޑީ އެ ފިހާރައިން ވެސް ލިބޭ ގޮތް ހަމަޖެހިގެން ދިއުމަކީ އުއްމީދުކުރައްވާ ކަމެއް ކަމަށެވެ.