09 Mar 2024, 19:33
އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި ލޮސް އެންޖަލިސް ލޭކާސް އާއި މިލްވައުކީ ބަކްސް ބައްދަލުކުރި މެޗު ލޭކާސް ކާމިޔާބު ކޮށްފިއެވެ.
ލޮސް އެންޖަލިސްގެ ކްރިޕްޓޯ ޑޮޓް ކޮމް އެރީނާގައި ކުޅުނު މި މެޗު ލޭކާސް ކާމިޔާބު ކޮށްފައިވަނީ 123 ޕޮއިންޓް 122 ޕޮއިންޓުގެ ކުޑަ ތަފާތަކުންނެވެ.
މި މެޗުގައި ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ހަމަހަމަ އަދި އެހާމެ ފޯރިގަދަ ކުޅުމެކެވެ. މި މެޗުގެ ފުރަތަމަ ކުއާޓާގައި ތިން ޕޮއިންޓްގެ ލީޑެއް ބަކްސްއިން ނެގި ނަމަވެސް ދެވަނަ ކުއާޓާގައި ލޭކާސްއިން ނެގި ހަތް ޕޮއިންޓްގެ ލީޑާއެކު ތިންވަނަ ކުއާޓާއަށް ނިކުތްއިރު ލޭކާސް އޮތީ ހަތަރު ޕޮއިންޓްގެ ލީޑެއްގައެވެ.
ތިންވަނަ ކުއާޓާގައި ހޯދި ދެ ޕޮއިންޓްގެ ލީޑާއެކު މިލީޑު ހަ ޕޮއިންޓަށް ލޭކާސްއިން އިތުރު ކުރިއެވެ.
އެހެންކަމުން ފަހު ކުއާޓާގައި ބަކްސްއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ފަސް ޕޮއިންޓް އިތުރަށް ހޯދި ނަމަވެސް އެއް ޕޮއިންޓުގެ ތަފާތުން ލޭކާސް މެޗު ކާމިޔާބު ކުރިއެވެ.
މި މެޗުގައި ލޭކާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 44 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ ނުވަ އެސިސްޓް ދިން ޑި އެންޖެލޯ ރަސެލްއެވެ. ބަކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 34 ޕޮއިންޓް ހޯދައިދީ 14 ރީބައުންޑް ނަގައިދީ 12 އެސިސްޓް ދީ ޓްރިޕްލް ޑަބަލްއެއް ހެދި ޖިއާނިސް އެންޓެޓޮކޮއުމްޕޯއެވެ.