ކޮންމެވެސް އެއްފަރާތަކަށް 25000ރ. އިނާމެއް ލިބޭ "ނޮވެލްޓީ ބްކްސް އެންޑް ސްޓޭޝަނަރީ ފެއާ 2012" ޅ. އަތޮޅުގައި ފަށައިފި އެވެ.

ނޮވެލްޓީގެ މާކެޓިން މެނޭޖާ އިރުފާން އިސްމާއިލް ވިދާޅުވީ ޅ. ނައިފަރުގައި އެ ބުކްޝޮޕުން ބާއްވާ ފެއާ މިދިޔަ ހުކުރު ދުވަހު ފަށާފައިވާ ކަމަށާއި އަދި އަންނަ އަންގާރަ ދުވަހު އެފެއާ އެ އަތޮޅު ހިންވަރުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނައިފަރުގެ ފެއާ ނިމޭނީ އަންނަ ހޮނިހިރު ދުވަހު އެވެ. އަދި ހިންނަވަރުގެ ފެއާ ނިމޭނީ އަންނަ ހުކުރު ދުވަހު އެވެ.

އިރުފާން ވިދާޅުވީ ފެއާއިން 10ރ. އަށް ވުރެ މަތީގެ ވިޔަފާރި ކުރާ ފަރާތަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. ގުއްރަތުން ހޮވޭ ނަސީބުވެރިއަކަށް ލިބޭނީ 25000ރ. ނަގުދު ފައިސާއެވެ.

"ދިހަ ރުފިޔާ އިން މަތީގެ ވިޔަފާރިތަކަށް ލިބޭނެ ކޫޕަނެއް ލިބޭނެ، ގުރުއަތުން ނެގޭ ނަސީބްވެރިއަކަށް 25000ރ. ލިބޭނެ" އިރުފާން ވިދާޅުވި އެވެ. "ފެއާގައި ކުޑަ ކުދިންނާއި ބޮޑެތި މީހުނަށް ހާއްސަ ވަރަށް ގިނަ ފޮތްތައް ހެޔޮ އަގުގައި ލިބެން ހުންނާނެ."

ނޮވެލްޓީން ބުކްސް އެންޑް ސްޓޭޝަނަރީ ފެއާއަކީ އަހަރަކު އެއްފަހަރު މާލޭގައި ބާއްވަމުން އަންނަ ފެއާއެކެވެ. މާލޭގައި މި އަހަރު ބޭއްވި ފެއާގެ ނަސީބުވެރިއަކަށް ދީފައިވަނީ 308،400ރ. އެވެ.