04 Jun 2012, 09:52
ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ތަފާތު ޕްރޮޑަކްޓުތަށް އެތެރެކުރާ އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ޕޮލެންޑުގެ، "މޮކާޓޭ" ބްރޭންޑުގެ ކޮފީ ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފި އެވެ.
ނަސަންދުރާ ހޮޓަލުގައި އިއްޔެ ބޭއްވި ހަފްލާއެއްގައި މޮކޭޓޭ ކޮފީ ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްދިނީ އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ މާކެޓިން އޮފިސާ އުމްރާން ވަހީދެވެ. އެ ކުންފުނިން ވަނީ އެ ބާވަތުގެ 12 ފްލޭވާއެއްގެ ކޮފީ ބާޒާރަށް ނެރެފަ އެވެ.
އެއީ މޮކާޓޭގެ ކާމަން ކުލެސިކް ކޮފީ ކްރީމާއި އައިސްކޮފީއަށް ހާއްސަ އައިސް ފްރަޕޭ އާއި ކުދި ޕެކެޓްގައި ޕެކް ކޮށްފައި ހުންނަ ތްރީ އިން ވަން އާއި ކަޕަޗީނޯއާއި މޮކާޓޭ ސުޕެޝިއަލް ގޯލްޑް އެވެ. އަދި މޮކާޓޭގެ ކްލެސިކާއި، ކުޑަކުދިންނަށް ހާއްސަ، މޮކާޓޭ ޓައިގޯ އަދި ޗޮކްލެޓް ބުއިންތަކަށް ހާއްސަ ޑެލިސަސް ޑާކް ޗޮކުލެޓް ފްލޭވާވެސް އޭޑީކޭއިން އިއްޔެ ބާޒާރަށް ނެރުނެވެ. އަދިވެސް އިތުރު ފްލޭވާތައް އެ ކޮފީގައި ހިމެނެ އެވެ.
އެ ކޮފީގެ ރާއްޖޭގެ އެމްބެސެޑާއަކަށް ކަނޑައަޅާފައިވަނީ ޒުވާން ލަވަ ކިޔުންތެރިޔާ ހަދީޖާ މުހައްމަދު (ރިޒޫ) އެވެ.
މޮކާޓޭ ބްރޭންޑުގެ ކޮފީ ހޯލްސޭލްކޮށް ޑިސްޓިބިއުޓުކުރާނީ އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން އެކަންޏެވެ.