03 Jun 2012, 15:38
މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ 42 ރަބަރު ޕެކެޓާ އެކު އައްޑޫން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހު ހައްޔަރު ކުރީ 36 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.
އަދި އެމީހުން ހައްޔަރު ކުރީ ހިތަދޫން ފޭދު އަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ލިންކްރޯޑްގެ ފަޅުރަށްތަކުގެ ތެރެއިން ސަރަހައްދީ ބަނދަރާވީ ހިސާބުން ސައިކަލެއްގައި އެ ދެ މީހުން ދަނިކޮށެވެ. ފުލުހުން ބުނީ ސައިކަލުގެ ފަހަތުގައި އިން މީހާ ފުލުހުން ފެނުމުން އޭނާއަތުގައި އޮތް ކެމަލް ހާޑް ސިނގިރެޓް ފޮށި ބިންމައްޗަށް އެއްލާލި ކަމަށެވެ. އަދި 42 ޕެކެޓް ފެނިފައި ވަނީ އެ ފޮށި ތެރެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އެމީހުންނާ ސުވާލު ކުރުމުން އެތަކެތި 1000ރ. ގަތް ކަމަށް އެއްބަސްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.