03 Jun 2012, 12:33
ދެހާސް ސާދަވަނަ އަހަރު ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށްޓަކައި އިކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗް 4-0 ލަނޑުން އާޖެންޓީނާ ކާމިޔާބު ކޮށްފިއެވެ.
ބޮއިނިސް އައިރިސްގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ރޭ ކުޅުނު މިމެޗުގައި އިކުއެޑޯގެ މައްޗަށް އާޖެންޓީނާއިން ކުރި ހޯދީ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ސާޖިއޯ އަގުއެރޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި މެޗުގައި އާޖެންޓީނާއިން އިކުއެޑޯގެ މައްޗަށް ލީޑް ފުޅާ ކުރި ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި އެޓީމަށް ޖަހައި ދިނީ ގޮންޒާލޯ ހިގުއައިންނެވެ. އަދި އޭގެ ދެ މިނެޓް ފަހުން އާޖެންޓީނާގެ ތިން ވަނަ ލަނޑު، ހުނަރުވެރި ފޯވާޑް ލިއޮނެލް މެސީ ކާމިޔާބު ކޮށްދިނެވެ.
ހަތަރު ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެންޖަލް ޑިމާރިޔާއެވެ.
މިމެޗުން އާޖެންޓީނާ މޮޅުވުމުގެ ސަބަބުން ދެކުނު އެމެރިކާ ބައްރުގެ އެއްވަނަ މަޤާމް އާޖެންޓީނާއަށްވަނީ ލިބިފައެވެ. އެގޮތުން އާޖެންޓީނާ ކުރީގައި އޮތީ ފަސް މެޗުން ލިބުނު 10 ޕޮއިންޓާއެކު އެވެ.