އަންނަ ހުކުރު ދުވަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުތަކުން އިންގްލޭންޑާއި ނެދަލެންޑްސް ރޭ މޮޅުވެއްޖެ އެވެ.

އިންޑްލެންޑް މޮޅުވީ ބެލްޖިއަމްއާއި ވާދަކޮށް 1-0 ލަނޑުންނެވެ. އަދި ނެދަލެންޑްސް މޮޅުވީ ނޮދަންއައިލޭންޑްއާ ވަދަކޮށް 6-0 ލަނޑުންނެވެ.

ބެލްޖިއަމް އަތުން އިންގްލޭންޑް މޮޅު ކޮށްދިން ލަނޑު، މެޗުގެ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އިންގްލޭންޑަށް ކާމިޔާބު ކޮށްދިނީ ފޯވާޑް ޑެނީ ވެލްބެކް އެވެ.

މިފަހަރުގެ ޔޫރޯ މުބާރާތުގައި އިންގްލޭންޑް ހިމެނިފައި ވަނީ ގްރޫޕް ޑީ ފަޅީގައެވެ. މިގްރޫޕް ގައި އިންގްލޭންޑާއެކު ދެ ން ވާދަކުރާ އަނެއް ތިން ގައުމަކީ 1984 އަދި 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކޮށްފައިވާ ފުރާންސް އާއި ޔޫކުރެން އަދި ސްވި ސްވިޑަންއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ ހަފްތާގެ ހޯމަ ދުވަހު އިންގްލޭންޑް ނުކުނާނީ ފްރާންސްއާ ދެކޮޅަށެވެ. މިމެޗަށް އިންގްލޭންޑް ނުކުނައިރު 2004 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގައި މި ދެ ގައުމުވަނީ ގްރޫޕް ސްޓޭޖުގައި ވަދަކޮށްފައެވެ. އެހެން ނަމަވެސް އެފަރު އިންގްލޭންޑު ވަނީ 2-1 ލަނޑުން ޕްރާންސް އަތުން ބަލިވެފައެވެ.

ރޭގެ މެޗުގައި ނެދަލެންޑްސްއަށް ގޯލު ޖަހައިދިން ކުޅުންތެރިންނަކީ ރޮބިން ވެންޕާސީއާއި ވެސްލޭ ސްނައިޑާ އާއި އިބްރާހިމް އެފާލޭ އަދި ރޮން ވަލާއެވެ.

މިފަހަރުގެ ޔޫރޯގައި ނެދަލެންޑްސް ވާދަކުރަނީ ގްރޫޕް ބީ ފަޅިންނެވެ. އަދި މިފަޅީގައި ދެން ހިމެނޭ އަނެއް ތިން ޓީމަކީ ޑެންމާކާއި ޖަރުމަން އަދި ޕޯޗިްގަލްއެވެ.

މުބާރާތުގައި ނެދަލެންޑްސް ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ޑެންމާކާ ދެކޮޅަށް ނުކުނައިރު، 2000 ވަނަ އަހަރު ބޭއްވި ޔޫރޯ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި މި ދެ ގައުމު ބައްދަލު ކުރި މެޗް 3-0 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ނެދަލެންޑްސް އެވެ.

މިފަހަރުގެ ޔޫރޯއަށް ނެދަލެންޑްސްއިން ކުރިމަތިލާއިރު، އެގައުމުވަނީ 1988 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯ މުބާރާތް ކާމިޔާބު ކޮށްފައެވެ.