މަހަށްގޮސް އުޅުނު ދޯންޔެއްގެ ބުރަފަތީގައިޖެހި ނ.ވެލިދޫ މީހަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.

ވެލިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާދިލް މިއަދު ވިދާޅުވީ މަހަށް ނިކުމުގެ އުޅެނިކޮށް ބުރަފަތީގައިޖެހި ޒަހަމްވީ އެރަށު އަބްދުﷲ މުހައްމަދު، ހަވާ، 43އ. ކަމަށެވެ.

އަދި ވިދާޅުވީ އޭނާ ބުރަފަތީގައި ޖެހުނީ މަހަށްގޮސް އެންދަމަން ފައިބައިގެން އުޅުމުގެ ތެރޭގައި ދޯނީގެ ކައްޕިއަށް ނޭންގި ފަހަތަށް ޖެހުމުގެ ތެރޭގައި ކަމަށާއި ބުރަފަތީގައި ޖެހުމުގެ ސަބަބުން އޭނާގެ ފައިގެ ފަލަމަސްގަނޑު ވަރަށް ބޮޑަށް ޒަހަމްވެފައިވާކަމަށް ވިދާޅުވި އެވެ.

"އޭނާ ދޯންޔަށްވެސް އެރީ އެކަނި އޭރުއޭނަޔަކަށްވެސް ނޭންގޭ ކަމެއް ވެފައިކަމެއް،" އާދިލް ވިދާޅުވި އެވެ.

އާދިލްވިދާޅުވީ މިހާރު އޭނާއަށް ވެލިދޫ ސިއްހީމަރުކަޒުން ފަރުވާދީ ފައިވާކަމަށާއި އޭނާގެ މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.