26 Feb 2024, 12:51
އަންނަ ރަމަޟާން މަހާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު ސަރުކާރުގެ ރަސްމީ ގަޑިތަކަކީ ހެނދުނު 9:00 އިން މެންދުރު 1:00ގެ ނިޔަލަށް ކަމަށް ރައިސް އޮފީހުން މިއަދު ބުނެފިއެވެ.
އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެހެން އަހަރުތަކާ އެއްގޮތަށް މި އަހަރުގެ ރަމަޟާން މަހާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު ރަސްމީ މަސައްކަތު ގަޑިތަކަކީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށެވެ.
އެހެންވެ، އެދުވަސްތަކުގައި ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އޮފީހުން ވަނީ އަންގާފައެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރަމަޟާން މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އެ ދުވަސްތަކުގައި ވެސް ބެންކުތަކުން ޚިދުމަތް ދޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
އެގޮތުން ފަހު ދިހައެއްގެ ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށް ބެންކުންތަކުން ޚިދުމަތްދޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްއިން ބުނީ، ރަމަޟާން މަހުގެ އެހެން ދުވަސްތަކާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު އެ ބެންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހެނދުނު 9:30އިން މެންދުރު 12:00އަށް ހުޅުވައިފައި ހުންނާނެ ކަމަށެވެ.