02 Jun 2012, 14:50
މޯލްޑިވިއަން ޑިމޮކުރަޓިކް ޕާޓީ (އެމްޑީޕީ)ގެ ހިންގުން ހަރުދާނާ ކުރުމަށް އެ ޕާޓީގެ ދާއިމީ ކޮމެޓީތަކަށް އަމާޒުކޮށް ވޯކްޝޮޕެއް ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލް ހޯލުގައި މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާ އެ ވޯކްޝޮޕާ ބެހޭ ގޮތުން އެމްޑީޕީގެ ޖޮއިންޓް ކޮމެޓީގެ ވިލަރެސް ވެރިޔާ މަހްމޫދު ރަޒީ މިއަދު ވިދާޅުވީ އެ ވޯކްޝަޮޕްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ކޮމެޓީތައް ހަރުދަނާ ކުރުމާ ބެހޭ ގޮތުން ކަމަށެވެ.
އެގޮތުން ކޮމެޓީތަކުގެ "ޓާމްސް އޮފް ރިފަރެންސް"އާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު ކޮމެޓީތަކުގެ މެންބަރުންގެ ހިޔާލުތަކާ އެއްގޮތަށް ކޮމެޓީތަކުގެ ހިންގުމަށް ބަދަލުތައް ގެންނާނެ ކަމަށް މަހްމޫދު ވިދާޅުވި އެވެ.
އަދި ކޮމެޓީތަކާއި ޕާޓީގެ އިދާރާ އާ ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކާ ބެހޭ މަޝްވަރާތައް ވޯކޮޝޮޕްގައި ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.