02 Jun 2012, 10:40
ތ. މަޑިފުށީގައި ގެއްލިގެން ހޯދަމުން ދިޔަ ކުއްޖަކު މޫދަށް ގެނބި ލޮނު ބޮވިފައި އޮއްވާ ފުލުހަކު ގޮސް ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ އެއް އަހަރުގެ އެ ކުއްޖާ އިއްޔެ ހެނދުނު ގެއްލިގެން ހޯދަނިކޮށް މޫދުތެރޭގައި ބަންޑުން އޮއްވާ ފެނި، ނަގައިގެން އާއިލާގެ މީހުން ހަޅޭލަވާ އަޑަށް އެ ސަރަހައްދުގައި ހުރި ފުލުހަކު ގޮސް އެ ކުއްޖާއަށް ފަސްޓްއެއިޑް ފޯރުކޮށްދީ އެ ކުއްޖާ ސަލާމަތް ކޮށްދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ ކުޑަކުއްޖާ އަށް މަޑިފުށީ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އިއްޔެ ފަރުވާދީފައިވާ ކަމަށެވެ. ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި ނަމަވެސް އިތުރު ފަރުވާއަށް މާލެ ގެންދަން ޑޮކްޓަރު ލަފާދެއްވާފައިވާތީ މިއަދު މާލެ ފުރުވާލާފައިވާ ކަމަށެވެ.