02 Jun 2012, 10:03
ޔުއެފާ ޗެމްޕިއަންސް ލީގުގެ، އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީގެ ކެޕްޓަން ޖޯން ޓެރީ ދެ މެޗަށް ސަސްޕެންޑްކޮށްފި އެވެ.
ޔޫއެފާ އިން ބުނީ، ޓެރީ ދެ މެޗަށް ސަސްޕެންޑް ކުރީ، މިދިޔަ އޭޕްރީލް މަހު ކުޅުނު ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ބާސެލޯނާ ދެކޮޅަށް ކުޅުނު މެޗުގައި ބާސާގެ އެލެކްސިސް ސަންޗޭޒް އަށް ބޯޅަ ނެތީސް ހަމަލާ ދިންކަމަށް ބުނެ އެވެ. އަދި އެ މެޗުގައި ރެފްރީ ވަނީ ޓެރީއަށް ރަތް ކާޑު ދައްކައި ފޮނުވާލައިފަ އެވެ.
ޓެރީގެ ސަސްޕެންޝަނާ ބެހޭ ގޮތުން ޔުއެފާގެ ޑިސިޕްލިނަރީ ބޯޑުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ޓެރީ ސަސްޕެންޝަނަކީ ރަނގަޅު ސަސްޕެންޝަނެއް ކަމަށާއި އެ ސަސްޕެންޝަން އޭނާ އަށް ރައްދުވާންޖެހުނީ މެޗުގެ ރިޕްލޭ ވަރަށް ރަނގަޅަށް ބެލުމަށް ފަހު ކަމަށެވެ. އެގޮތުން މެޗުގެ ރިޕްލޭ ބެލުމުން ޓެރީ ވަނީ އެމެޗުގައި އޭނާގެ ކަނާއަތު ފައިގެ ކަކޫ ސަންޗޭޒްގެ ބުރަކަށްޓަށް އަމާޒް ވެފައި ކަމަށެވެ.
ޓެރީގެ ދެ މެޗަށް ސަސްޕެންޑް ކުރި އިރު، އޭނާ އަށް ކުރިއަށް އޮތްތާގައި ނުކުޅެވޭނެ ދެ މެޗަކީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޗެލްސީ ކުޅޭ ފުރަތަމަ މެޗާއި ޔޫރަޕިއަން ސުޕަ ކަޕުގުގެ ފުރަތަމަ މެޗެވެ.