20 Feb 2024, 17:00
ޖަލުގައި ހުއްޓައި ކުއްލި ގޮތަކަށް ނިޔާވި ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ރަޝިޔާގެ ރައީސް ވުލަމީޑިއާ ޕުޓިންއާ ދެކޮޅަށް ކުރެއްވި މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށް ނަވަލްނީގެ ހުވަފަތް އަނބިކަނބަލުން ޔޫލިއާ ނަވްލަނާޔާ ވިދާޅުވެއްޖެއެވެ.
ޔޫލިއާ ތުހުމަތު ކުރެއްވި ގޮތުގައި ނަވަލްނީ މަރައިލީ ޕުޓިން އެވެ.
"އަޅުގަނޑު ނަވަލްނީގެ މަސައްކަތް ކުރިއަށް ގެންގޮސް އަޅުގަނޑުމެންގެ ގައުމަށްޓަކައި ހަނގުރާމަ ކުރާނަން، އަޅުގަނޑާއެކު ތިއްބެވުމަށް އިލްތިމާސް ކުރަން." ޔޫލިއާ ވިދާޅުވިއެވެ.
ނަވަލްނީ މަރައިލީ ވަކި މަގުސަދެއްގައި ކަމަށާއި އެކަން ވަރަށް އަވަހަށް ހޯދާނެ ކަމަށްވެސް ޔޫލިއާ ވިދާޅުވިއެވެ.
"ޕޫޓިންގެ އަމާޒަކީ ހަމައެކަނި ނަވަލްނީ މަރައިލުމެއް ނޫން. ނަމަވެސް އަހަރެމެންގެ އުންމީދާއި މިނިވަންކަމާއި މުސްތަގުބަލު އަނދިރިކޮށްލުން." ޔޫލިއާ ވިދާޅުވިއެވެ.
ޕުޓިންގެ ވެރިކަމާ ދެކޮޅަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ، މަގުބޫލުކަން ހޯދައިފައިވާ ނަވަލްނީ ނިޔާވި ސަބަބެއް ނޭނގޭ ކަމަށް ރަޝިޔާގެ ކޯޓުތަކާބެހޭ އިދާރާއިން ހާމަކުރެއެވެ. އެ އިދާރާއިން ބުނީ, ނަވަލްނީ ނިޔާވީ ޖަލުގައި ހިނގައިލަން އުޅުއްވި ވަގުތެއްގައި ކުއްލި ގޮތަކަށް ބަލިވެގެން ކަމަށެވެ. އަދި, ޚަބަރު ހުސްވެގެން ވެއްޓުމުން, އޭނާގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންނެވެ.
ނަވަލްނީ ނިޔާވުމާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ހުޅަނގުން ވަނީ އެއީ ޕުޓިންއާއި އޭނާގެ ބައިވެރިން ކުރި ކަމެއް ކަމަށް ތުހުމަތުކުރައްވައިފައެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ނަވަލްނީގެ މަރުގެ ޒިންމާ ޕުޓިން އުފުއްލަވަން ޖެހިވަޑަގައިގަންނަވާނެއެވެ.
ނަވަލްނީގެ ހަށިގަނޑު އޭނާގެ އާއިލާއާ ހަވާލުކޮށްފައި ނުވާ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ނަވަލްނީގެ ހަށިގަނޑު ރަޝިޔާގެ ވުޒާރާތަކުން ހިފަހައްޓާފައި ވަނީ "ހެކިތައް ފޮރުވުމަށް" ކަމަށާއި އޭނާގެ ހަށިގަނޑު ވަގުތުން އާއިލާއާ ހަވާލު ކުރުމަށް އޭނާއަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ ގޮވައިލައިފައެވެ.