ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމާއި ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ޔޫރޯ ޑްރީމް ފުޓްބޯޅަ ޓީމު ހިމަނައިގެން ސަން ޔޫރޯ ގައިޑް މިއަދު ހަވީރު ބާޒާރަށް ނެރެފި އެވެ.

ސަން ޔޫރޯ ގައިޑުގައި ތިން ރައީސުންގެ ޑްރީމް ޓީމު ހިމަނާފައި ވަނީ، އެ ބޭފުޅުންގެ އަތު ލިޔުމާ އެކު ސޮއި ވެސް ހިމެނޭ ގޮތަށެވެ.

ސަން ޔޫރޯ ގައިޑު މިއަދު ބާޒާރަށް ނެރެފައިވާ އިރު ގަންނަ ކޮންމެ ފޮތަކާ އެކު، ޔޫރޯގެ މެޗު ޝެޑިއުލެއް ހިލޭ ލިބޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ސަން ޔޫރޯ ގައިޑެއް 50 ރުފިޔާ އަށް ވިއްކާ އިރު، މި މުބާރާތުގެ މެޗު ޝެޑިއުލް ވަކީން ވެސް ގަންނަން ލިބޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ. އެ ގޮތުން ސަން ޔޫރޯ ގައިޑް ވިއްކާ ބުކްޝޮޕްތަކާއި ފިހާރަތަކުން މެޗު ޝެޑިއުލެއް 15 ރުފިޔާ އަށް ލިބޭނެ ކަމަށް ސަން ޔުރޯ ގައިޑްގެ މާކެޓިން ޓީމުން މައުލޫމާތު ދެ އެވެ.

ސަން ޔޫރޯ ގައިޑުގައި މި ފަހަރުގެ ޔޫރޯ އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ވަނީ ހިމަނައިފަ އެވެ. އެ ގޮތުން މުބާރާތުގެ ސްޓާ ޕްލޭޔަރުންނާއި ޓީމުތަކުގެ މައުލޫމާތާއި ކޯޗުންގެ މައުލޫމާތުގެ އިތުރުން މުބާރާތް ބާއްވާ ސްޓޭޑިއަމްތަކުގެ މައުލޫމާތު ވެސް މި ގައިޑުގައި ވަނީ ހިމަނައިފަ އެވެ.

ރާއްޖޭގެ ތިން ރައީސުންގެ އިތުރުން، އަލީ އަޝްފާގު (ދަގަނޑޭ) އާއި މުހައްމަދު އިމްރާން އާއި އަސްއަދު އަބްދުލްޣަނީގެ ޔޫރޯ ޑްރީމް ޓީމު ވެސް އެ ކުޅުންތެރިންގެ އަތު ލިޔުމާއި ސޮޔާ އެކު ސަން ޔޫރޯ ގައިޑުގައި ހިމަނާފައިވެ އެވެ.