ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ބާނީ މައިނާ އިބްރާހީމް ރަޝީދު މިއަދު އަވަހާރަވެއްޖެ އެވެ. ވިކްޓަރީ ހިންގެވުމުގައި ވަރަށް އިސްދައުރެއް އަދާކޮށްފައިވާ މައިނާ، 59، އަވަހާރަވީ އައިޖީއެމްއެޗުގަ އެވެ. މައިނާ އަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މެނޭޖަރުވެސްމެ އެވެ. ފުރަތަމަ ފަހަރަށް ދިވެހިން ފުޓްބޯޅައިން ރިހިމެޑަލް ހޯދީ މައިނާގެ މެނޭޖަރުކަމުގެ ދަށުގަ އެވެ. އޭނާ ވިކްޓަރީ އުފެއްދީ 3 ޖުލައި 1971ގަ އެވެ. މައިނާ އިސްކޮށް ހުންންވައިގެން ވިކްޓަރީ ވަނީ ގައުމީ ފުޓްބޯޅަ ތަށި 1985 ވަނަ އަހަރު މިލްކުކޮށްފަ އެވެ.