ޕެރަ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ރާއްޖޭގެ ޕެރަ ބެޑްމިންޓަން ޓީމް މިރޭ ފުރައިފިއެވެ.

މިއަހަރުގެ މުބާރާތް ބާއްވަނީ ތައިލެންޑުގައި އަންނަ އަންގާރަ ދުވަހުން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

އެ މުބާރާތުގައި ބައިވެރިވާ ދިވެހި ޓީމްގައި ހިމެނެނީ ދެ ފިރިހެން އަދި ދެ އަންހެން ޕެރަ އެތުލީޓުންނެވެ. އެއީ އަހުމަދު ފަޔާޒާއި އަބްދުއްލަތީފް މުހައްމަދާއި ހައްވާ އީޝަލް ރިޔާޒާއި އައިޝަތު ނަޒާހާ ޒަބީހެވެ.

އެ ޓީމުގެ ކޯޗަކީ ބެޑްމިންޓަން އެސޯސިއޭޝަންގެ ކޯޗު އަހުމަދު އިޔާދެވެ.

އެ ޓީމު ވާދަކުރާނީ އަމިއްލަ ސިންގަލްސް އަދި އަމިއްލަ ޑަބަލްސްގައެވެ.

ޕެރަ ބެޑްމިންޓަން އިވެންޓަކުން ފުރަތަމަ ފަހަރަށް ރާއްޖެއަށް މޮޅެއް ހޯދައިދިނީ 2021ގައި އީޝަލްއެވެ. އެއީ އެ އަހަރު ބަހްރޭނުގައި ކުރިއަށް ގެންދިޔަ އޭޝިއަން ޔޫތު ޕެރަ ގޭމްސްގައި ޕެރަ ބެޑްމިންޓަން ސިންގަލްސް އިވެންޓުގައި ޖޫނިއާ ބެޑްމިންޓަން ކުޅުންތެރިއެއްގެ ގޮތުގައި ބައިވެރިވެއެވެ.