01 Jun 2012, 11:55
މޯލްޑިވްސް ބްރޯޑް ކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އަށް ހަތަރު ދާއިރާ އަކުން ތަމުރީނާއި ލަފާދިނުމުގެ އެއްބަސްވުމެއްގައި އޭސިޔާ ޕެސިފިކު އިނސްޓްޓިއުޓް ފޯރ ބްރޯޑް ކާސްޓިންގް ޑިވޮލޮޕް މެންޓް (އޭއައިޑީބީ) އާއި އެ ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެމްބީސީން މިއަދު އާންމުކުރި ބަޔާނެއްގައި ބުނަނީ ތައިލޭންޑުގެ ގައި މިދިޔަ ބުރާސްފަތި ދުވަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެމްބީސީގެ ދަށުން ހިންގަމުން އަންނަ ޗެނަލްތަކުގެ މަސައްކަތް ދިރާސާކޮށް އިންޖިނޭރިންގެ ވަސީލަތްތަކާއި ނިއުސްރޫމާއި ޕްރޮގްރާމްސް ޑިޕާޓްމަންޓް މަސައްކަތްތައް ދިރާސާ ކުރެވޭނެ ކަމަށެވެ.
"... މިއެމްއޯޔޫއަކީ 2010 ވަނައަހަރު ތަންފީޒުކުރި އެމްބީސީ ގާނުނޫގެ އާއްމު މުރާޖާއާއި ބެހޭ މާއްދާގެ ދަށުން ރައްޔިތުންގެ މަންފާއާއި މަސްލަހަތައްޓަކައި އެމްބީސީގެ ޕްރޮގްރާމްސްތައް ކުރިއަށް ގެންދާނެ ގޮތްތަކާއި ޕްރޮގްރާމްތަކަށް ގެންނަން ޖެހޭ އިސްލާހުތައް ކަނޑައެޅުމަށްޓަކައި އަމަލު ކުރާނެ އުސޫލުތަކަށް އެމްބީސީގެ މުވައްޒަފުން އަހުލުވެރި ކުރުމުގެ ގޮތުން ޕްރޮގްރާމްތައް ހިންގުމަށް ސޮއިކުރި އެމްއޯޔޫ އެކެވެ،" ބަޔާނުގައި ވެއެވެ.
އެކޯޕަރޭޝަނުން ބުނެފައިވަނީ އެއްބަސްވުމުގެ ސަބަބުން އެމްބީސީގެ ހިންގުމުގެ އޮނިގަނޑު މުރާޖަކުރުމަށް ލަފާދިނުމާއި އިންޖިއަނިރިން އޯޑިޓެއް ހެދުމާއި ނިއުސް އެންޑުކަރަންޓް އެފެއާރޒް ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް ތަމުރީނު ދިނުމުގެ އިތުރުން ޕްރޮގްރަމްތައް އުފައްދާ މުވައްޒަފުންނަށް ވެސް ތަމްރީން ތައް ލިބގެން ދާނެ ކަމަށެވެ.
އެމްބީސީން ބުނެފައިވަނީ އެއްބަސްވުމުގެ އަމަލީ މަޝްރޫއު މިމަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.