އާންމު ފަރުދުންނަށް ރިވެތި މިސާލެއްގެ ގޮތުން މިހާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 16 ވަޒީރުން ދުންފަތުގެ އިސްތިއުމާލު އެއްގޮތަކަށް ވެސް ނުކުރައްވާ ގޮތަށް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ އެގޮތަށް ނިންމެވީ މިއަދަކީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ކަމަށްވާތީ، އެ ދުވަހާ ގުޅިގެން ކަމަށެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ތަސްތީގު ކުރި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން އެކަމާ ބެހޭ ގަވާއިދު، ހެދުމުގެ މަސައްކަތް ހެލްތު މިނިސްޓްރީ ކުރަމުންގެންދާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.