12:12


ސުޕްރީމްކޯޓުގެ ބެންޗު ދާއިމީ ވުމަކީ ފަނޑިޔާރުންގެ ޤާނޫނުގައި ވާގޮތުގެ މަތިން އިންސާފް ޤާއިމްކުރުމުގައި ވަކިފަރާތަކަށް ނުޖެހި އެއްވެސް ފަރާތެއްގެ ބިރެއްނެތި އެއްވެސް ފަރާތެއްގެ ތަޢައްޞަބެއްނެތި މަސައްކަތް ކުރުމަށް މަގުފަހިވާނެކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެއްޖެ އެވެ.


ދާއިމީ ސުޕްރީމް ކޯޓުގެ ދިދަ ނެގުމަށް މިއަދު ހެނދުނު ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުއްތަމަ ފަނޑިޔާރު ފާއިޒު ހުސައިން ވިދާޅުވީ، ދާއިމީ ސުޕްރީމް ކޯޓެއް އުފެދިގެންދިއުމަކީ ރާއްޖޭގެ ޝަރުޢީ ދާއިރާއަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މަސައްކަތްކުރާ ބައެއްގެ އެންމެބޮޑު ހިތްހަމަޖެހުމަކަށް ވާނީ އެކުރައްވާ މަސައްކަތުގައި ޤާއިމްވެ ތިބެ ދާއިމީވުންކަން ކަމުގައި ޔަޤީންކުރައްވާ ކަމަށް ފާއިޒް ހުސެން ވިދާޅުވި އެވެ.


ޤާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ ގޮތަށް އަދުލު އިންސާފު ގާއިމްކުރުމުގައި ހުރިހާ ފަނޑިޔާރުން ވެސް ދެމިތިއްބަވާނެ ކަމުގެ ޔަގީންކަން ފާއިޒް ހުސެން ދެއްވި އެވެ.