Last Updated: 1 decade 3 year ago
ބުލޮގު ޚުލާސާ
*** އިއްޒުއްދީން މަގުގައި ހުރި މ. ލޮޖް ކިޔާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް އެމްއެންޑީއެފްއުން ބުނެފި އެވެ. ތިން ބުރިއަށް ހަނދާފައި ހުރި އެނގޭގައި އަލިފާން ރޯވެފައި ވަނީ މިރޭ 7:15 އެހާކަން ހާއިރު ކަމަށް މައުލޫމާތު ލިބެ އެވެ. އެނގޭތެރެއިން އަދިވެސް ދަނީ ވަރަށް ބޮޑަށް ދުން އަރަމުން ކަމަށްވެސް އެ ސަރަހައްދުގައި ތިބި ސަން އޮންލައިންގެ ރިޕޯޓަރުންބުނެ އެވެ. ސިފައިން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އަލިފާން ހިފިވަގުތު މީހުން ސަލާމަތްކޮށް ފުރާޅުމައްޗަށް އެރުވުމުގެ މަސައްކަތުގައި އުޅުނު އެގޭގައި ދިރިއުޅޭ މީހަކު ބުނީ މީގެ ކުރިން އެތަނަށް އަރާ ނޫޅޭ ކަމަށާއި "އެތަނަށް އެރުނީ ކިހިނެތްކަންވެސް" ނޭންގޭ ކަމަށް.
އެހާބޯކޮން ދުން ހުރި ސިޑިމަތީގައި، އަޅުގަނޑު އެކަނި އަންހެނުންވެސް އަދި ކުޑަކުދިންވެސް ފުރާޅު މައްޗަށް އެރުވީ، އަޅުގަނޑަށް އެކަން ކުރެވުނު ގޮތެއްވެސް ނޭންގޭ.
އައިޖީއެމްއެޗުން ބުނީ ފިހިގެން ގެންދިޔައީ 18 އަހަރުގެ އަންހެން ކުއްޖެ ކަމަށާއި އޭނާގެ ފުއްޕާމެއަށް ދުމުގެ އަސަރުކުރުމުގެ އިތުރުން ފައިވެސް ކޮންމެވެސް ވަރަކަށް ފިހިފައިވާ ކަމަށް.
ފިހިފައިވަނީ އަންހެނެއް. އެމީހާއަށް ލިބުނު ގެއްލުންތަކުގެ ތަފްސީލް ލިބޭގޮތެއް އަދި ނުވޭ.
އަލިފާނުގައި އެކަކު ފިހިފައިވާ ކަމަށްވެސް މައުލޫމާތު ލިބޭ. އެމީހާ މިހާރުވަނީ ހޮސްޕިޓަލަށް ގެންގޮސްފައި. އެގެއަށް ލިބުނު ގެއްލުންތައް އަދިވެސް ސާފުވާގޮތެއް ނުވޭ.