ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މިއަދު މެންދުރު ފަހު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި ރައީސްގެ މިދަތުރުފުޅުގައި އެ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ބޭފުޅުންނާ ބައްދަލުކުރައްވާނެ އެވެ. އެމަނިކުފާނު ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހޯރަފުއްޓަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ވަހީދުގެ ދެ ދުވަހުގެ މިދަތުރުފުޅު ނިންމާލެއްވުމަށް ފަހު ހޮނިހިރު ދުވަހު މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.