12:05


ވަތަނިއްޔާއިން ރޯދަ މަހަށް ޚާއްސަކޮށް ޕްރޮމޯޝަންތަކެއް ތައާރަފްކޮށްފި އެވެ.


ވަތަނިއްޔާގެ ހެޑް އޮފް މާކެޓިން ކޮމިއުނިކޭޝަންސް އައިޝަތު ޒަމްރާ ޒާހިރު ވިދާޅުވީ، މިހާރު ވަތަނިއްޔާގެ ކަސްޓަމަރުންނަށް މިނެޓަކު 4 ރ. އަށް ސައުދީ އަރަބިއްޔާ އަށް ވީޑިއޯ ކޯލް ކުރެވޭނެ ކަމަށެވެ. އަދި ވަތަނިއްޔާގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ސައުދީ އަރަބިއާއަށް ރޯމިން ގެ ޚިދުމަތް ވެސް ތައާރަފްކޮށްފައިވާ ކަމަށް ވެސް ޒަމްރާ ވިދާޅުވި އެވެ.


ރޯދަ މަސް ނިމެންދެން ކުރިއަށްދާ މި ޕްރޮމޯޝަނުގައި ވަތަނިއްޔާގެ ރޯމިން ޚިދުމަތް ލިބޭ އަށް ގައުމަށް އެއް ރުފިޔާ ނުވަދިހަ ނުވަ ލާރި އަށް ގުޅާލެވޭނެ ކަމަށް ވެސް ޒަމްރާ ވިދާޅުވި އެވެ.  


ވަތަނިއްޔާ އިން ރޯދަމަހަށް ހާއްސަކޮށްފައިވާ އިތުރު ޕްރޮމޯޝަންތަކުގެ ތެރޭގައި ރޯދަ މަހާ ގުޅޭ ޚާއްސަ މޯބައިލް ފޯނު އެޕްލިކޭޝަނަކާއި ނަމާދު ވަގުތު ހަނދާން ކޮށްދިނުމަށް ކޮންމެ ނަމާދު ވަގުތެއްގެ 15 މިނެޓު ކުރިން އެސްއެމްއެސް އެއް ލިބޭ ޚިދުމަތް ރޯދަ މަސް ނިމެންދެން މުޅިން ހިލޭ ދިނުމަށް ހަމަޖައްސާފައިވާ ކަމަށް ޒަމްރާ ވިދާޅުވި އެވެ.  


ހަމައެއާ އެކު، ވަތަނިއްޔާގެ ކަސްޓަމަރުންނަށް ރޯދަ ކުއިޒެއް ހުޅުވާލާފައިވާ ކަމަށާއި، މަސް ނިމޭއިރު އެ ކުޒިންޒުން އެންމެ މަތީ މާކްސް ހޯދާ ފަރާތަކަށް ކޮލޮމްބޯ ދެކޮޅު ޓިކެޓު ދިނުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް ޒަމްރާ ވިދާޅުވި އެވެ.