އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި ބޮސްޓަން ސެލްޓިކްސްއިން އެޓްލާންޓާ ހޯކްސް ބަލިކޮށްފިއެވެ.

ބޮސްޓަންގެ ޓީޑީ ގާޑެންގައި ކުޅުނު މިމެޗް ސެލްޓިކްސްއިން ކާމިޔާބު ކޮށްފައިވަނީ 125 ޕޮއިންޓް 117 ޕޮއިންޓުންނެވެ. މިމެޗުގައި ސެލްޓިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 20 ޕޮއިންޓް ހޯދައިދީ ނުވަ ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ދިން ޖޭސަން ޓެޓުމްއެވެ. އަދި ހޯކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދައިދީ 15 ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ދިން ޖަލެން ޖޯންސަންއެވެ.

މިމުބާރާތުގައި ކްލީވްލަންޑް ކެވެލިއާސް އާއި ވޮޝިންޓަން ވިޒަޑްސް ބައްދަލުކުރި މެޗު 114 ޕޮއިންޓް 106 ޕޮއިންޓުން ކާމިޔަބު ކުރީ ކެވެލިއާސްއެވެ. މިމެޗުގައި ކެވެލިއާސްގެ ޑޮނޮވެން މިޝޭލްވަނީ 40 ޕޮއިންޓް ހޯދައިދީ އަށް ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ކޮށްފައެވެ. އަދި ވިޒަޑްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 28 ޕޮއިންޓް ހޯދައިދީ ހަތަރު ރީބައުންޑް ނަގައިދީ ދެ އެސިސްޓް ދިން ކައިލް ކުޒްމައެވެ.

މީގެއިތުރުން ނިއުއޯލިއަންސް ޕެލިކަންސް އާއި ލޮސް އެންޖަލިސް ކްލިޕާސް ބައްދަލުކުރި މެޗު ރަށުން ބޭރުގައި 117 ޕޮއިންޓް 106 ޕޮއިންޓުން ކާމިޔާބު ކުރީ ޕެލިކަންސްއެވެ. މިމެޗްގައި ޕެލިކަންސްގެ ސީޖޭ މެކްކޮލަމްވަނީ 25 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ކޮށްފައެވެ. މިމެޗްގައި ކްލިޕާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދައިދީ އަށް ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދިން ޖޭމްސް ހާޑެންއެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ޓޮރޮންޓޯ ރެޕްޓާސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރިމެޗް 123 ޕޮއިންޓް 117 ޕޮއިންޓުން ރެޕްޓާސް ކާމިޔާބު ކުރިއިރު މައޭމީ ހީޓް އާއި ސެން އެންޓޯނިއޯ ސްޕާސް ބައްދަލުކުރިމެޗް 116 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބު ކުރީ ހީޓްއެވެ. އަދި ގޯލްޑަން ސްޓޭޓް ވޮރިއާސް އާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް ބައްދަލުކުރިމެޗް 127 ޕޮއިންޓް 104 ޕޮއިންޓުން ވޮރިއާސް ކާމިޔާބު ކުރިއިރު ޑެޓްރޮއިޓް ޕިސްޓަންސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރި މެޗު 133 ޕޮއިންޓް 120 ޕޮއިންޓުން ކާމިޔަބުކުރީ ޕިސްޓަންސްއެވެ.