10 Feb 2024, 17:59
އޯޕަންއޭއައިގެ އެންމެ ފަހުގެ އޭއައި ސިސްޓަމް ޑީއެލް-އީ 3 އިން އުފައްދާ ފޮޓޯތައް ވޯޓާމާކް ކުރަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ ކޯލިޝަން ފޯ ކޮންޓެންޓް ޕްރޮވެންސް އެންޑް އޮތެންޓިކް (ސީ2ޕީއޭ) އިން އުފައްދާފައިވާ އޯޕަން ސްޓޭންޑަޑެއް ބޭނުންކޮށްގެން މި ފޮޓޯތަކަށް މެޓާޑޭޓާ އެމްބެޑް ކުރާނެ ކަމަށެވެ.
އާ މެޓާޑޭޓާގައި އެ ފޮޓޯ އަކީ އޭއައި ޓޫލަކުން ހަދާފައިވާ ފޮޓޯއެއްކަން އަންގައިދޭ މައުލޫމާތާއި ބޭނުންކުރި ޓޫލްގެ ވަކި ނަމާއެކު އުފެއްދި އެޕްލިކޭޝަން ހިމެނޭނެއެވެ.
ވޯޓާމާކް ފެންނަން ހުންނާނީ ފޮޓޯޓަކުގެ ވާތް ފަރާތުގައި މަތީ ކަނުގައެވެ.
ނަމަވެސް ސޯޝަލް ޕްލެޓްފޯމްތަކުން ގިނަ ފަހަރަށް ފޮޓޯ އަޕްލޯޑް ކުރާއިރު މެޓާޑޭޓާ ސްޓްރިޕްކޮށް، ސްކްރީންޝޮޓުން މުޅިން ނައްތާލާތީ އެއީ މުޅިން ފުރިހަމަ ފީޗާއެއް ނޫންކަން ކުންފުނިން ގަބޫލުކުރެއެވެ.
މި އަޕްޑޭޓް އައިސްފައި މިވަނީ ފޭސްބުކް އަދި އިންސްޓަގްރާމްގައި އޭއައި އުފައްދާ ކޮންޓެންޓް ދެނެގަތުމުގައި އޭއައި ކުންފުނިތަކުގެ ޑިޓެކްޝަން ސިސްޓަމްތަކަށް އެހީތެރިވުމުގެ ގޮތުން ލޭބަލް ކުރުމުގެ އާދަތައް ދެމެހެއްޓުމަށް މެޓާއިން ބާރު އަޅަމުންދާ ދަނޑިވަޅެއްގައެވެ. އެޑޮޕްޓްކުރި ސީ2ޕީއޭ ސްޓޭންޑަޑް އޯޕަންއޭއައި އަކީ އެޑޯބް، މައިކްރޮސޮފްޓް، ބީބީސީ، ސޮނީ އަދި އެހެނިހެން ފަރާތްތަކުގެ އިންޕުޓާއެކު އުފައްދާފައިވާ ސްޓޭންޑަޑެކެވެ.
އޯޕަންއޭއައިއިން ބުނީ މި މެޓާޑޭޓާ އިތުރުކުރުމުން ފޮޓޯތަކުގެ އޭއައި އޮރިޖިންސް އާއި ހަމައެކަނި ވިޝުއަލް ވޯޓާމާކެއް ކަށަވަރު ކުރެވޭނެ އިތުރު ރައްކާތެރި މަގެއް އުފެދޭ ކަމަށެވެ. އެ ކުންފުނިން ބުނީ ޗެޓްޖީޕީޓީ އެޕްލިކޭޝަނަށް ވޯޓާމާކް އިތުރު ކުރުމުގެ މަސައްކަތް ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.
ޑީއެލް-އީ އަދި ސްޓޭބަލް ޑިފިއުޝަން ފަދަ އޭއައި އިމޭޖް ޖެނެރޭޝަން ޓޫލްސް ތައާރަފްވުމާ އެކު ވަރަށް ރިއަލިސްޓިކް ފޭކް ފޮޓޯތަކާއި ވީޑިއޯތައް ފަސޭހައިން އުފެއްދުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. ނަމަވެސް "ޑީޕްފޭކްސް"ގެ ނަމުން ނަން ދީފައިވާ މި ފޮޓޯތައް ފެތުރުމުގެ ސަބަބުން އޮންލައިންކޮށް ދޮގު މައުލޫމާތު ދިނުމާއި އިތުބާރު ގެއްލޭތީ އެކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ.
ބޮޑެތި ސޯޝަލް ނެޓްވޯކްތަކާއި ސަރުކާރުތަކުން، ޑީޕްފޭކްތަކުން ލިބިދާނެ ގެއްލުންތައް ހުއްޓުވުމަށް ޓަކައި ސިޔާސަތުތަކާއި ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުން އަންނަ އިރު، އިތުބާރު ހުރި ގޮތެއްގައި ފޭކްތައް ދެނެގަތުމަކީ ޓެކްނިކަލް ގޮތުން ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.