05 Feb 2024, 16:21
އުރީދޫގެ ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން މި މަހު 16ގައި ބާއްވާ ދޯހާ މެރެތަންގައި ދުވުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯއެއް އެކުންފުނިން އިއްޔެ ފަށަފިއެވެ.
އުރީދޫއިން ބުނީ، މި ލަކީ ޑްރޯގައި ގުރުއަތުން ހޮވޭ ނަސީބުވެރި ދެ ފަރާތަކަށް ދޯހާ މެރެތަންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެފަރާތްތައް އިއުލާން ކުރާނީ އަންނަ އާދިއްތަ ދުވަހުއެވެ.
މި ލަކީޑްރޯގައި ބައިވެރިވެވެނީ އުރީދޫގެ ކަސްޓަމަރެއްގެ ގޮތުގައި އެއް އަހަރުވެ، ސިއްހީ ގޮތުން މެރަތަންގައި ބައިވެރިވެވޭ ގާބީލުކަން ހުރި މީހުންނަށެވެ. އަދި މީގެކުރިން ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވެފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

ލަކީ ޑްރޯގައި ބައިވެރިވުމަށް ގަތަރަށް އެތެރެވުމުގެ ޝަރުތުތައް ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮންނަންޖެހޭ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.
އިއްޔެއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ 00:00ގެ ނިޔަލަށްއުރީދުގެ ވެބްސައިޓްމެދުވެރިކޮށް މި ލަކީޑްރޯގައި ބައިވެރިވެެވޭނެއެވެ. އަދި ނަސީބުވެރި ދެ ފަރާތެއް އޭގެ ޖެހިގެން އަންނަ ދުވަހު އިއުލާނު ކުރާނެއެވެ.