31 May 2012, 01:18
ކުޅުދުއްފުށީ ގެއަކުން ރަނުގެ ގަހަނާތަކަކާއި 28000ރ. ވަގަށް ގެނި ތިން މީހަކު ހައްޔަރުކޮށް ގަހަނާތަކާއި ފައިސާ ފުލުހުން ހޯދައިފި އެވެ.
އެ ގެއިން 28000ރ. ވަގަށް ނެގި އިރު ރަން ފަށްޓަރު ބަޔަކާއި ރަން ފަށަކާއި އިތުރު ރަނުގެ ބައެއް ގަހަނާ ވަގަށް ގެންދިޔަ އެވެ.
މިދިއަ ހޯމަ ދުވަހުގެ ރޭ ކުރި މި ވައްކަމާ ގުޅިގެން ހައްޔަރު ކުރީ ތިން ފިރިހެނުންނެވެ. އެއީ އުމުރުން 28 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެކެވެ. އެއިން އެއްވެސް މީހެއްގެ ނަމެއް ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ ވައްކަމުގެ މި ހާދިސާއާ ގުޅިގެން 24 ގަޑިއިރުގެ ތެރޭގައި ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުން ވަގަށް ނެގި ގަހަނާތަކާއި ފައިސާތައް ފެނުނީ ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން އެކެއްގެ ގޭގެ ގޮދަޑިއެއްގެ ތެރެއިންނާއި ރަށުގެ އެކިތަންތަނުގައި ވަޅުލާފައި ހުއްޓާ ކަމަށެވެ.
ގަހަނާތަކާއި ފައިސާތައް އޭގެ ވެރިފަރާތާ ހަވާލު ކުރުމަށްފަހު ފުލުހުން ވަނީ މައްސަލައިގެ ތަހުގީގު ފަށާފަ އެވެ.