Last Updated: 1 decade 3 year ago
ދެފައި އޮތީ ބަނދެފައި އޮތް އެމީހާއާ ބެހޭ ގޮތުން ފުލުހުން ބުނީ 65 އަހަރުގެ އެމީހާ އޮތީ މަރާލައިފައި ކަމެއް އަދި ސާފު ނުވާ ކަމަށެވެ.
މާފަރު ގެއްގެ ތެރޭ މަރުވެފައި ވަނިކޮށް ފެނިފައިވަނީ އެރަށު ހިތްފަސޭހަގޭ، ހަސަން އަބޫބަކުރު، 65 އެވެ. އަބޫބަކުރު އޮތީ މަރާލާފައި ކަމެއް ވެސް އަދި މަރުވެފައި ކަމެއް ވެސް ފުލުހުން މިހާތަނަށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
އަބޫބަކުރުގެ މަރަށްފަހު ހާދިސާ ތަހުގީގު ކުރުމަށް އެ އަތޮޅު މަނަދޫގައި ގާއިމުވެ ތިބީ ފުލުހުންގެ ޓީމެއް މާފަރަށް ގޮސްފައިވާއިރު މާލެއިން ވެސް ވަނީ ފުލުސް ޓީމެއް ގޮސްފަ އެވެ.
މާފަރު ކައުންސިލް މެންބަރު މުހައްމަދު ހުސެއިން ވިދާޅުވީ އަބޫބަކުރުގެ އަމިއްލަ ގޭގައި އޭނާ މަރުވެފައި އޮއްވާ ފެނުނުއިރު އޭނާގެ ދެފައި ބެޑްޝީޓަކުން ބަނދެ މޫނުމަތީގައި ބާލީހެއް އަޅާފައިވާ ކަމަށާއި ނަމަވެސް ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނަނަން ނެތް ކަމަށެވެ. އަދި ވިދާޅުވީ އަބޫބަކުރުގެ އަނގައިންނާއި ނޭފަތުން ލޭ އައިސްފައި ހުރި ކަމަށެވެ.
އަބޫބޫކަރުގެ ހަށިގަނޑު ފެނުނީ އަވަށްޓެރިން އޭނާގެ ހަބަރެއް ނުވާތީ އެގެއަށް ވެދެ ބެލުމުންނެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނު އިރު އަންހެނުންނާއި ތިން ކުދިންގެ ތެރެއިން ދެ ކުދިން ތިބީ މާލޭގަ އެވެ. އަނެއް ދަރިފުޅު ހުރީ ނ . ކެނދިކުޅުދޫގަ އެވެ.
މާފަރުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ އަބޫބަކުރު އެންމެ ފަހުން ފެނިފައި ވަނީ މިދިއަ ހޯމަ ދުވަހު ކަމަށާއި ރަށު ތެރޭގައި ވާހަކަ ދެކެވެނީ ބަޔަކު އަބޫބަކުރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން މަރާލީ ކަމަށެވެ. އަދި ބައެއް މީހުން ބުނީ އުމުރުން ދުވަސްވީ މީހުންނަށް ދޭ ފައިސާ ދާދިފަހުން އޭނާއަށް އެއްފަހަރާ ލިބިފައިވާ ކަމަށާއި އެ ފައިސާގެ ދަހިވެތި ކަމުގައި ބަޔަކު އޭނާ މަރާލީ ކަމަށް ރަށުތެރޭގައި މީހުން ކިޔާ ކަމަށެވެ.
"އޭނާ މަރާލީ އެ ފައިސާ ފޭރި ގަތުމަށް ކަމަށް ވެސް ބައެއް މީހުން ބުނޭ. އޭގެ ހަގީގަތެއް އެއްވެސް ބަޔަކަށް އަދި ސާފެއް ނުވޭ،" އެމީހާ ބުންޏެވެ.
ކައުންސިލަރު ވެސް ވިދާޅުވީ އަބޫބަކުރު އެ ގޭތެރޭގައި މަރުވެފައި އޮންނަތާ ތިން ދުވަސް ވެދާނެ ކަމަށާއި ފުލުހުންނާއި ކައުންސިލްގެ އިދާރާއިން އެގޭތެރެއަށް ވަން އިރު ވެސް ވަރަށް ބޮޑަށް ހަށިގަނޑު ކުނިވެ ނުބައި ވަސް ފެތުރިފައިވާ ކަމަށެވެ.
"އަބޫބަކުރު މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން އައި ގޭގައި މިދުވަސްކޮޅު އެކަނި އުޅެނިކޮށް، އޭނާއަކީ މުސްކުޅިއެއް އަދި ހިނގުމުގައި ވެސް އުނދަގޫތަކެއް ހުންނަ މީހެއް، އެ ނޫން ކަމެއް ފާހަގަ ކުރެވިފައެއް ނުވޭ،" ކައުންސިލަރު ވިދާޅުވި އެވެ. "ފުރަތަމަ ފެނުމަށްފަހު ފޮޓޯތައް ނަގާފައި މާލެއަށް ފޮނުވީ މާލެއިން ވަކި އެއްޗެއް އަންގަންދެން ކޯޑަން ކޮށްފައި ބާއްވާފައި އޮތީ. ކުނިވަސް ދުވާވަރުން އެ ސަރަހައްދާ ކައިރިވެވޭ ވަރުވެސް ނުވޭ،"
ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަބޫބަކުރު މަރާ ގުޅޭ ތަހުގީގު ހިންގުމަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ވަޅުލުމުގެ ހުއްދަ ދީފައިވާ ކަމަށާއި މިރޭ ފަތިހު އަބޫބަކުރުގެ ޖަނާޒާ ބާއްވާނެ ކަމަށެވެ.
އަބޫބަކުރުގެ މަރަށްފަހު މާފަރުގައި ނުތަނަވަސް ކަމެއް އުފެދި މީހުންނަށް ބިރުގެންފައިވާ ކަމަށް ރަށު ކައުންސިލުން ބުންޏެވެ.
މިރޭ އަބޫބަކުރު މަރުވެފައި އޮއްވާ ފެނިފައިވާއިރު މިއަހަރުގެ ކުރީކޮޅުގައި ވަނީ ދ. ކުޑަހުވަދޫގައި ވެސް ރަހުމު ކުޑަގޮތަކަށް ދުވަސްވީ މީހަކު މަރާލައިފަ އެވެ. އަދި މިދިޔަ އަހަރުތެރޭގައި ވަނީ އުމުރުން ދުވަސްވީ މީހެއް ހއ. ހޯރަފުށީގައި ވެސް މަރާލާފަ އެވެ.
އޭނާ ބާއްވާފައި އޮތް އިރު އޮތީ ދެއަތް ހަށަމަށް އަރުވާފައި. މަރުގެ މި ހާދިސާއާ ގުޅިގެން ރަށުގައި ހިސާބެއްގެ ބިރުވެރި ކަމެއް ވަނީ އުފެދިފައި،
އޭނާގެ ގައި މަތީގައި ބެޑްޝީޓެއްވެސް އަޅާފައި އޮތް. އޭނާ ފެނުކަމަށް ވަނީ ކުނި ވަސް ދުވާތީ،