ނައިބު ރައީސް މުހައްމަދު ވަހީދުއްދީން (ޑީން) ގެނަމުގައި ޓްވިޓާގައި ހުޅުވާފައިވާ އެކައުންޓަކީ އެމަނިކުފާނުގެ އެކައުންޓެއް ނޫން ކަމަށާއި އެއީ ފޭކް އެކައުންޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

އެ އޮފީހުން ވެބްސައިޓްގައި މިރޭ އާންމު ކުރި ބަޔާނެއްގައި ބުނީ ނައިބު ރައީސް ޑީންއަށް ނިސްބަތްވާ ގޮތަށް ޓްވިޓާގައި ހުޅުވާފައިވާ "WAHEED DEEN VP @Wahideenbandos" އަކީ ސައްހަ ޓްވިޓާ އެކައުންޓެއް ނޫން ކަމަށާއި އެއީ ޑީން ބޭންުން ކުރައްވާ އެމަނިކުފާނުގެ ޓްވިޓާ އެކައުންޓް ނޫން ކަމަށެވެ. އަދި ބުނެފައި ވަނީ އެއްވެސް ޝޯޝަލް ނެޓްވޯކެއްގައި ޑީން މިވަގުތު އެކައުންޓެއް ނުގެންގުޅުއްވާ ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި ވެސް ސަރުކާރުގެ އިސްވެރިންނާއި އެހެނިހެން ވެސް ސިޔާސީ އަދި މަޝްހޫރު ބައެއް ފަރާތްތަކުގެ ނަންނަމުގައި އެކި ޝޯޝަން ނެޓްވޯކްތަކުގައި އަންނަނީ ފޭކް އައިޑީތަކެއް ހަދައި ބޭނުން ކުރަމުންނެވެ.