04 Feb 2024, 14:52
އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަންއިން ކްރިސްޓަލް ޕެލަސް ބަލިކޮށްފިއެވެ.
ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 4-1 އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބްރައިޓަންއިން ވަނީ ތިން ލަނޑު ޖަހައި މެޗުގައި ރަނގަޅު ލީޑެއް ނަގައިފައެވެ.
ފުރަތަމަ ލަނޑު، ތިންވަނަ މިނެޓުގައި ޖަހައިދިނީ ކެޕްޓަން ލުވިސް ޑަންކެވެ. ދެވަނަ ލަނޑު 33 ވަނަ މިނެޓުގައި ޖަހައިދިނީ ޖެކް ހިންޝެލްވުޑެވެ. އޭގެ އެއް މިނެޓު ފަހުން ބްރައިޓަންގެ ތިންވަނަ ލަނޑު ޖަހާފައިވަނީ ފަކުންޑާ ބުއޮނަނޯޓޭއެވެ.
ދެވަނަ ހާފުގައި ޕެލަސްއިން އެ ޓީމުގެ ކުޅުން ފުރަތަމަ ހާފަށް ވުރެ ރަނގަޅުކުރިތަން ފެނިގެންދިޔައެވެ. ބްރައިޓަންއިން ކާމިޔާބު ކުރި ފަހު ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ޖަހައިދިނީ ޖާއޮ ޕެޑްރޯއެވެ.
މި ނަތީޖާއާ އެކު ބްރައިޓަން މިހާރު ވަނީ ކުޅުނު 23 މެޗުން ލިބިފައިވާ 35 ޕޮއިންޓާ އެކު ތާވަލުގެ ހަތްވަނައަށް ކުރިއަށް ޖެހިލައިފައެވެ. ޕެލަސް އޮތީ 24 ޕޮއިންޓާ އެކު ތާވަލުގެ 14 ވަނައިގައެވެ.