01 Feb 2024, 21:12
މޫލީ މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް24 ފޯނު ޕްރީއޯޑަރު ކުރި ކަސްޓަމަރުންނަށް އުރީދޫއިން ފޯނުތައް ހަވާލުކުރަން މިއަދު ޑެލިވެރީތައް ފަށައިފިއެވެ.
މިކަމާ ގުޅިގެން އުރީދޫއިން ބުނީ މޫލީ މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް24 ފޯނަށް ޕްރީއޯޑަރު ކުރަން ހުޅުވާލީ މިދިޔަ މަހުގެ 19ގައި ކަމަށެވެ.
އުރީދޫއިން ބުނީ މޫލީ މެދުވެރިކޮށް އެސް24 ފޯނު ގަންނަ މީހުންނަށް އެ އޮފާގެ ދަށުން އެތައް ފައިދާއެއް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:
ޕްރީ އޯޑާ ކުރާ ކޮންމެ ކަސްޓަމަރަކަށް ސެމްސަންގް ގެލެކްސީ ގަޑިއެއް
- ޕްރީ އޯޑާ ކުރާ ކޮންމެ ކަސްޓަމަރަކަށް 100 ޖީބީ ބޯނަސް ޑޭޓާ
- އެޑޯބީ ފޮޓޯޝޮޕް ލައިޓްރޫމްގެ ދެ މަހުގެ ޕްރީމިއަމް އޮފާ
- އެޑޯބީ އެކްސްޕްރެސްގެ ދެ މަހުގެ ޕްރީމިއަމް އޮފާ
- ފުރަތަމަ ޕްރީ އޯޑާ ކުރާ ފުރަތަމަ 24 ކަސްޓަމަރުންނަށް 1000 ރުފިޔާގެ މޫލީ ވައުޗާ
އުރީދޫއިން ބުނީ، އެ ކުންފުނިން އަންނަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި ޑިވައިސްތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް ސެމްސަންގް ފަދަ މި ދާއިރާގެ ފުންނާބުއުސް ކުންފުނިތަކާއެކު ވަރަށް ގާތުން މަސައްކަތްކުރަމުން ކަމަށެވެ.