ގޭތެރޭގައި އާންމުކޮށް ބޭނުންކުރާ ތަކެއްޗާއި ކޮސްމެޓިކްސް ސާމާނު ވެސް ވިއްކުމަށް، ލިއުމިއާ ކަލެކްޝަން ފިހާރަ މާދަމާ ހުޅުވަން ތައްޔާރުވެއްޖެއެވެ.

މާލޭގެ ދިލްބަހާރު ގޯޅީގައި ހުންނަ އެ ފިހާރަ ހުޅުވާނީ މާދަމާ 14:00ގައެވެ.

ލިއުމިއާ ކަލެކްޝަންއިން، ސޯޝަލް މީޑިއާގައި މަޝްހޫރު ބްރޭންޑުތަކުގެ އުފެއްދުންތައް ލިބެން ހުންނައިރު އެ ފިހާރައަށް ގޮސް ވިޔަފާރި ކުރުމުގެ އިތުރުން އޮންލައިންކޮށް ވެސް ތަކެތި ގަންނަން ފުރުސަތު އޮންނާނެއެވެ.

އެ ފިހާރައިން ލިބެން ހުންނަ ތަކެތީގެ ތެރޭގައި ދިވެހިންގެ މެދުގައި މަގުބޫލު ބްރޭންޑުތައް ކަމަށްވާ ޖީޕާސް, ނޮބެލް, އޮލްސެންމާކް, ސެންފޯޑް, ޕެނަސޮނިކް އަދި ފިލިޕްސް ބްރޭންޑްގެ އުފެއްދުންތައް ހިމެނެއެވެ. އެގޮތުން ލިބެން ހުންނާނެ ތަކެތީގެ ތެރޭގައި:

  • ބަދިގެއަށް ބޭނުންވާ ސާމާނު

  • ގޭތެރޭގައި ބޭނުންކުރާ އެހެނިހެން ސާމާނު
  • ހަދިޔާ
  • ކޮސްމެޓިކްސް
  • ސެންޓުފުޅި
  • ބެޑްޝީޓް
  • ކިލްޓްސްއާއި ބްލޭންކެޓްސް
  • ބާލީސް
  • ތުއްތު ކުދިންނަށް ބޭނުންވާ ތަކެތި (އެނދު، ކާނާ ތައްޔާރުކުރަން ބޭނުންވާ ސާމާނު، އުނދޯލި)

ލިއުމިއާ ކަލެކްޝަން މާދަމާ ހުޅުވާއިރު، މާދަމާ އެ ފިހާރައިން ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް ޑިސްކައުންޓާއެކު ހަދިޔާއެއް ވެސް ލިބޭނެއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ 10 ކަސްޓަމަރުންނަށް ލިބޭނީ ވަރަށް ޚާއްޞަ ހަދިޔާއެކެވެ.

ލިއުމިއާ ކަލެކްޝަން ފިހާރައިގައި ކޮންމެ ހަފުތާއަކު ލަކީ ޑްރޯއެއް ނަގާނެއެވެ. އަދި އިންސްޓަގްރާމާއި ފޭސްބުކް ޕޭޖް މެދުވެރިކޮށް މިސްޓަރީ ގިފްޓް ބޮކްސް ޕްރޮމޯއެއް ހިންގުމަށް ހަމަޖެހިފައިވާއިރު، ރޯދަމަހަށް ޚާއްޞަކޮށް ވެސް ޕްރޮމޯޝަނެއް ކުރިއަށްގެންދާނެއެވެ.

ލިއުމިއާ ކަލެކްޝަންއިން ގަންނަ ކޮންމެ އެއްޗެއް މާލެއާއި ހުޅުމާލޭގެ އިތުރުން ބޯޓުތަކަށްވެސް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.