30 May 2012, 15:40
އެލީޓް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން އިތުރު ތަމްރީން ހެދުމަށް ދެ ކްރިކެޓް ކުޅުންތެރިޔަކު މިއަދު ސްރީލަންކާއަށް ފުރައިފި އެވެ.
ދެ މަސް ދުވަހުގެ މިޕްރޮގްރާމަގއި ބައިވެރިވަނީ ގައުމީ ޓީމުގެ ދެކުޅުންތެރިންކަމަށްވާ ހަސަން ހާޒިޤްއާއި މުހައްމަދު ރިޝްވާނެވެ.
މި ދަތުރުގެ ތަމްރީންތައް ހެދުމަށް ހަމަޖެހިފައި ވަނީ ލަންކާގެ މާތަރާގައި އެ ތަނުގެ ޑިސްޓްރިކްޓް ކޯޗުންގެ ބެލުމުގެ ދަށުންނެވެ.
ކުރިކެޓު ބޯޑުން މައުލޫމާތު ދޭގޮތުގައި، ދެ މެސް ދުވަހުގެ އެ ޕްރޮގްރާމްގައި ތަމްރީންތަކުގެ އިތުރުން އެ ދެ ކުޅުންތެރިން އެތަނުގެ ޓީމއްގައި ހިމެނިގެން މެޗްތަކެއް ކުޅޭގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އެތަމްރީނަކީ ރާއްޖޭގެ ކުރިކެޓް ބޯޑުން ހަރަދުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ވެސް މައުލޫމާތު ދެއެވެ.
ކުރިކެޓް އެލީޓް ޑިޕެލޮޕްމަންޓް ޕްރޮގްރާމަކީ ކުރިކެޓް ކުޅުންތެރިންގެ ތެރެއިން ފާހަގަ ކުރެވޭ މޮޅެތި ކުޅުންތެރިންނަށް އަމާޒްކޮށްގެން އެ ކުޅުންތެރިންގެ ހުނަރު އިތުރުކުރުމަށް ހިންގޭ ޕްރޮގްރާމެކެވެ.