ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދީ ޒަޚަމުކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އޭނާއަށް ހަމަލާދީ ޒަޚަމުކޮށްލާފައިވަނީ މާލޭ މަގުތިންނެވެ.

ފުލުހުން ބުނީ، ޕީޖީ ޝަމީމަށް ހަމަލާދިން ކަމަށް ރިޕޯޓުކޮށްފައިވަނީ މިއަދު ކަމަށެވެ. އަދި، އެ ހަމަލާގައި ލިބުނު ޒަޚަމުތަކަށް އޭޑީކޭ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

"ހަމަލާ ދީފައިވަނީ ތޫނު އެއްޗަކުން ނޫންކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވޭ،" ފުލުހުން ބުންޏެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޝަމީމްގެ ހާލު ރަނގަޅު ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.