ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ މި އަހަރުގެ ފެބްރުއަރީ އިންޓޭކަށް ފޯމު ހުށަހެޅުމުގެ މުއްދަތު މިއަދު އިތުރުކޮށްފިއެވެ.

އެ ޔުނިވާސިޓީން މިއަދު ބުނީ، ފެބްރުއަރީ މަހަށް ކަނޑައަޅައިފައިވާ ކޯސްތަކުގެ ތެރެއިން ޖާގަ ހުރި ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ މަހުގެ އަށްވަނަ ދުވަހަށް ކަމަށެވެ.

އެ ޔުނިވާސިޓީގައި، ބިޒްނަސް މެނޭޖްމަންޓް، އެޑިއުކޭޝަން އެންޑް ޓެކްނޮލަޖީ، އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ، ހެލްތް ސައިންސެސް، ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް އަދި މެރިޓައިމް ގެ ކޯސްތަކުގެ އިތުރުން، މެޑިސިން އަދި ނާސިންގެ ކޯސްތަކާއި ޝަރީއާ އިން ލޯ ގެ ކޯސްތައް ކުރިއަށް ގެންދެއެވެ.

އެމްއެންޔޫއިން ބުނީ އެ ކޯސްތަކަށް އެޕްލައިކުރުމަށް ހަމަޖެހިފައިވަނީއެ ޔުނިވާސިޓީގެ ޕޯޓަލްމެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ.

އަދި ކޯސްތަކާއި ގުޅޭ އިތުރު މައުލޫމާތު[email protected]އަށް މެއިލްކޮށްގެންނާއި ހޮޓްލައިން ނަމްބަރު 1445 އަށް ގުޅުމުން ލިބޭނެ ކަމަށް އެ ޔުނިވާސިޓީން ވަނީ ބުނެފައެވެ.

ފެބްރުއަރީ އިންޓޭކަށް ދަރިވަރުން ނެގުމަށް އެ ޔުނިވާސިޓިން މި މަހުގެ ތެރޭގައި ވަނީ ''ވަން ސްޓޮޕް އެޑްމިޝަން'' ނަމުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ފެބްރުއަރީ އިންޓޭކުގެ ކިޔެވުން ފަށާނީ މި ފެށޭ ފެބްރުއަރީ 12 އިން ފެށިގެންނެވެ.