އަންނަ މަހު ޔޫކްރޭނާއި ޕޮލެންޑްގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ފްރާންސްގެ ގައުމީ ސްކޮޑް އިއުލާން ކޮށްފި އެވެ.

މުބާރާތަށް ނެގި ފްރާންސްގެ ޤައުމީ ޓީމުގައި 23 ކުޅުންތެރިންގެ ސްކޮޑެއް ހިމެނިއިރު، މުބާރާތުގައި އެޓީމް ވާދަކުރަނީ ގްރޫޕް ޑީ ފަޅިންނެވެ. އަދި ފްރާންސްއާ އެކު މިގްރޫޕްގައި ދެން ހިމެނޭ ޓީމް ތަކަކީ ޔޫކްރޭނާއި، ސްވިޑަން އަދި އިނގިރޭސިވިލާތެވެ.

ފްރާންސްގެ 23 ކުޅުންތެރިންގެ ސްކޮޑް:

ގޯލްކީޕަރުން: ހޫގޯ ލޮރިސް (ލިޔޯން)، ސްޓީވް މަންޑަންޑާ (މާސޭ)، ސެޑްރިކް ކަރާސޯ (ބޯޑޯ)

ޑިފެންޑަރުން: ގައެލް ކްލީސީ (މެންޗެސްޓާ ސިޓީ)، މެތިއު ޑެބަޗީ (ލިލްލެ)، ޕެޓްރީސް އެވްރާ (މެންޗެސްޓާ ޔުނައިޓެޑް)، ލޯރެން ކޮސިއެލްނީ (އާސެނަލް)، ފިލިޕް މެކްސެސް (އޭސީ މިލާން)، އާދިލް ރަމީ (ވެލެންސިއާ)، އެންތޮނީ ރެވެލިއޭ (ލިޔޯން)

މިޑްފީލްޑަރުން: ހާޓެމް ބެން އަރިފާ (ނިއުކާސަލް) ޔޯހަން ކަބާއީ (ނިއުކާސަލް)، އަލީ ޑިއާރާ (މާސޭ)، ޔާން އެމްވިލާ (ރެން)، މާވިން މާޓިން (ސޮޝޯ)، ފްލޮރެން މަލޫޑާ (ޗެލްސީ)، ބްލާސީ މަޓުއީޑީ (ޕީއެސްޖީ)، ސަމިރް ނަސްރީ (މެންޗެސްޓާ ސިޓީ) ފްރެންކް ރިބަރީ (ބަޔާން)

ފޯވަޑުން: ކަރިމް ބެންޒެމާ (ރެއާލް މެޑްރިޑް)، އޮލިވާ ގިރޫޑް (މޮންޓެޕެލިއޭ)، ޖެރެމީ މެނޭޒް (ޕީއެސްޖީ)، މެތިއު ވެލްބުއެނާ (މާސޭ)

މުބާރާތުގެ ފުރަތަމަ މެޗުގައި ފްރާންސް އެންމެ އަވަހަށް ވެސް ބައްދަލުކުރާނީ އިންގްލޭންޑާ ދެކޮޅަށެވެ. އެމެޗް ކުޅޭނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފްރާންސް ކުރިމަތިލާއިރު، އެގައުމު ވަނީ މިމުބާރާތް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކާމިޔާބު ކޮށްފައެވެ. އެއީ 1984 ވަނަ އަހަރު އެންމެ ފަހުގެ ޗެމްޕިއަން ސްޕައިން އަތުން 2-0 ލަނޑުން މޮޅުވިފަހަރާއި 2000 ވަނަ އަހަރު އިޓަލީ އަތުން 2-1 ލަނޑުން މޮޅުވި ފަހަރު އެވެ.