ލޯކަލް ކައުންސިލްތައް ރަމްޒުކޮށްދޭ އެ ކައުންސިލަކަށް ނިސްބަތްވާ ސިއްކައާއި ލޯގޯ އާއި ނިޝާން ބަލައި ފާސްކުރުމުގެ މަސައްކަތް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ކުރާ ގޮތަށް ސަރުކާރުން ނިންމަވައިފި އެވެ.

ކެބިނެޓުުން މިގޮތަށް ނިންމަވާފައިވަނީ އިއްޔެ ބޭއްވި ކެބިނެޓް ޖަލްސާގައި ލޯކަލް ކައުންސިލްތަކުން ސިއްކަ ހެދުމުގައި ގެންގުޅެންވީ މިންގަނޑުތަކާއި ކައުންސިލްތަކުގެ ސިއްކަ ރަޖިސްޓްރީ ކުރުމުގެ އުސޫލާއި އެކަމަށް ޒިންމާވާނެ ސަރުކާރުގެ އިދާރާއެއް ކަނޑައެޅުމާ ބެހޭ ގޮތުން ހޯމް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

ވަޒީރުންގެ މަޝްވަރާގައި ލާމަރުކަޒީ ނިޒާމުގައި އެލްޖީއޭއަކީ ކައުންސިލްތަކާ ބެހޭ ހުރިހާ ކަމެއް ބަލާ ސަރުކާރުގެ އިދާރާ ކަމަށްވާތީ ކައުންސިލްތަކުން ބޭނުން ކުރާނެ ސިއްކަތަކުގެ މަސައްކަތް އެ އޮތޯރިޓީން ކުރާ ގޮތަށް އޮތުން މުހިންމު ކަމަށް ފާހަގަ ކުރި އެވެ.