30 May 2012, 10:41
ދުނިޔޭގެ އެންމެ އުމުރުން ގިނަ ދުވަސްވީ މެރަތަން ދުވުންތެރިޔާ، 10 ވަނަ އެޑިންބާގް ފެސްޓިވަލްގައި 27000 އަށް ވުރެ ގިނަ މީހުންނާއެކު ބައިވެރިވާނެ ކަމަށް ބީބީސީން ބުނެފި އެވެ. އުމުރުން 101 އަހަރުގެ ފައުޖާ ސިން ވަނީ ފުލް މެރަތަންގައި ދުވުމުން ރިޓަޔާ ކޮށްފައި ނަމަވެސް މި މެރަތަންގައި އޭނާ ބައިވެރިވާނީ އެންމެ ފުރިހަމައަށް ކަމަށް އޭނާއާ ހަވާލާދީ ބީބީސީން ބުނެއެވެ.
އެޑިންބާގް ފެސްޓިވަލްގައި ރިލޭގެ އިތުރުން، 26 މޭލުގެ މެރަތަންއަކާއި، 10 ކ، އަދި 5 ކ، ގެ އިތުރުން ޖޫނިޔާ ރޭސްތައް ވެސް އޮންނާނެ އެވެ. އެޑިންބާގް ފެސްޓިވަލަކީ ސްކޮޓްލޭންޑުގައި އޮންނަ އެންމެ ބޮޑު ދުވުމުގެ އީދެވެ.
މި އަހަރުގެ ފެސްޓިވަލުގައި ބައިވެރިވާ ތަރިންގެ ތެރޭގައި ދުވުމުގެ ރޮނގުން ދުނިޔެއިން މަތީ ވަނަތައް ހާސިލުކޮށްފައިވާ ފަރާތްތައް ހިމެނެއެވެ. މި ގޮތުން ފައުޖާ ސިންހ އާއި ޒަކަރީ ކިހާރާ ފަދަ މަޝްހޫރު މީހުން ހިމެނެއެވެ.
ފައުޖާ ސިންހ ފަދަ އުމުރުން ދުވަސްވީ މީހަކު ކުޅިވަރާއި ކަސްރަތުގެ މިފަދަ ހަރުފަތެއްގައި ސާބިތުވެ ހުންނަ ކަމީ އެހެން މީހުންނަށް ވެސް ލިބޭނެ ހިތްވަރެއް ކަމުގައި ފެސްޓިވަލްގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.