ޒަހަމުތަކަކާ އެކު މަރުވެފައި އޮތް 16 އަހަރުގެ ކުއްޖަކު ހެންވޭރުކޮޅުން މިއަދު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ އެ ކުއްޖާ އެއްލާލައިފައި އޮއްވައި ފެނުނީ ކުއްލިޔާގެ އިރަށް އޮންނަ ހަނި ގޯޅި ޕާކް ތެރެއިން މިއަދު ހެނދުނު 6 ޖަހާއެހާކަންހާ އިރު ކަމަށެވެ. އައިޖީއެމްއެޗްގެ ޑޮކަޓްރުންނާ ހަވާލާދީ ފުލުހުން ބުނީ އެ ކުއްޖާ ވަނީ މަރުވެފައި ކަމަށެވެ.

ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި މަރާލާފައި އޮއްވާ ފެނުނީ ހއ. ހޯރަފުށީ، ނޫރީގޭ، މުހަންމަދު އަރުހަމް، 16އ. އެވެ. އެ ކުއްޖާއަކީ ދަރުމަންވަންތަ ގްރޭޑް ނުވައެއްގައި ކިޔަވާ ކުއްޖެއްކަން ވެސް ވަނީ އެނގިފަ އެވެ.