މާޒިޔާ އަތުން ވީބީ ބަލިވި މެޗުގައި މެޗު އޮފިޝަލުންނަށް ކުޅިވަރުގެ ރޫހާ ހިލާފަށް މެޗު އޮފިޝަލުންނާ ދިމާކުރުމުން މާޒިޔާގެ އޮފިޝަލް އަބުދުލްވައްހާބު ހަ މެޗަށް ސަސްޕެންޑްކޮށް 1000ރ. އިން ޖޫރިމަނާކޮށްފި އެވެ.

ނިމިދިޔަ ސަރުކާރުގެ ކުޅިވަރާ ބެހޭ މިނިސްޓްރީގެ ނާއިބްކަން ވެސް ކުރި ވައްހާބަކީ މާޒިޔާގެ ޖެނެރަލް ސެކްރެޓަރީކަންކޮށްފައިވާ ކުލަބު ހިންގެވުމުގެ އިސްމީހެކެވެ.

މި މެޗުގައި ވީބީގެ އޮފިޝަލް އިބްރާހީމް މޫސާ ވެސް ރެފްރީންނާ ދިމާކުރުމުން ވަނީ ފަސް މެޗަށް ސަސްޕެންޑްކޮށް 500ރ. އިން ޖޫރުމަނާކޮށްފަ އެވެ.
މާޒިޔާ އަތުން ވީބީ ބަލިވުމުން އެ ޓީމު ވަނީ ހަ ވަނަ އަށް ވެއްޓިފަ އެވެ.