18 Jan 2024, 23:31
އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ތިންވަނަ ބުރުން އެއްވަނައަށް ސީޑް ކުރެވިފަ އިވާ ޕޯލަންޑްގެ އީގާ ޝުވާޓެކް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ތިންވަަނަ ބުރުން ޝްވާޓެކް ޖާގަ ހޯދައިފައިވަނީ ދެވަނަ ބުރުގައި އެމެރިކާގެ ޑެނިއެލް ކޮލިންސްއާ ބައްދަލުކުރި މެޗު ދެސެޓް އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓް 4-6 އިން ޝްވާޓެކް ކާމިޔާބު ކުރި ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓް ކޮލިންސްވަނީ 6-3 އިން ކާމިޔާބުކޮށްފައެވެ.
އަދި ތިންވަނަ ސެޓްގައި ކޮލިންސްވަނީ 1-4ގެ ލީޑެއް ވެސް ނަގައިފައެވެ. ނަމަވެސް ޝްވާޓެކްވަނީ އޭނާގެ ކުޅުން ރަނގަޅުކޮށް ފަހަތުން އަރައި މި ސެޓް 4-6 އިން ކާމިޔާބު ކޮށްފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން ޝްވާޓެކް ހާމަކުރިގޮތުގައި މި މެޗުގައި ކޮލިންސްވަނީ ވަރަށް މޮޅަށް ކުޅެފައިކަމަށާއި އެގޮތުން އެނާ މަޑުކުރީ ކޮލިންސްއިން މި މެޗުގައި ކުޑަކޮށް ވަރުބަލިވެ ފެންވަރު ކުޑަކޮށް ދައްވަންދެން ކަމަށެވެ.
އޭނާ ހާމަކުރިގޮތުގައި ކިތަންމެ މޮޅަށް ކުޅޭ ކުޅުންތެރިޔަކަށް ވެސް އެއް ފެންވަރެއްގައި މުޅި މެޗު ނިންމައިލުމަކީ ވަރަށް މަދުން ނޫނީ ނުވާކަމެއް ކަމަށާއި އޭނާ މަޑު ކުރީ އެ ވަގުތުކޮޅަށް ކަމަށެވެ.