Last Updated: 1 decade 3 year ago
ބުލޮގު ޚުލާސާ
***އެމްޑީޕީން ކޭމްޕް ޖަހައިގެން މުޒާހަރާ ކުރަމުންދާ އުސްފަސްގަނޑަށް ފުލުހުން ގޮސްފި އެވެ. އެތަނަށް ފުލުހުން ގޮސްފަިއ ވަނީ މިއަދު ހެނދުނު 8:00 ޖެހީއިރު އެވެ. ފުލުހުން ވަނީ ސްޓެލްކޯޔާއި ހިސާބުން ބޮޑުތަކުރުފާނު މަގު ބަންދުކޮށްފަ އެވެ. ފުލުހުންގެ އޮފިޝަލް ވިދާޅުވީ އުސްފަސްގަނޑަށް ފުލުހުން އައީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އުސްފަސްގަނޑަށް ފުލުހުން ދިޔައީ އެތަން ރޫޅަން ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފުުވާގޮތެއްނުވެ އެވެ. ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ @@@"އުސްފަސްގަނޑުގެ މަސައްކަތް" ފުލުހުން ފެށީ ކަމަށެވެ.
ވާރޭ ވެހެން ފެށުމާ އެކު މުޒާހަރާގެ ބައިވެރިން މުޒާހަރާ ރޫޅާލުމަށް ފަހު ގެއަށް ހިނގައްޖެ.
ޗާނދަނީމަގާއި މަޖީދީމަގު ގުޅުނު ކަންމަތީން ހިނގާފައި ދިޔަ ފުލުސް އަންހެން ކުއްޖަކަށް މައްލަވަކޮށް، ކޮއްޕައި ގަޅުވައި ހެދުމުން އެ އަންހެން ކުއްޖާ ފުލުސް އޮފީހަށް ގެންގޮސްފި. މަންޒަރުދުށް މީހުން ބުނީ އެ ކުއްޖާގެ ބޮލުގައި އޮތް ތޮފި އެއްލާލުމުގެ އިތުރަށް އޭނާގެ އެެކި ޖިންސީ ގުނަވަންތަކުގައި ވެސް އަތްލި ކަމަށް.
ނަލަހިޔާ ހޮޓެލްކައިރިން ސައިކަލެއްގައި ދުއްވާފައި ދިޔަ ފުލުސް މީހެއްގެ ބޮލުގައި ގަލަކުން ޖަހައި ފަޅާލައިފި. އަދި ފުލުހުންގެ ވެހިކަލަކަށް ހަމާލާ ދިނުމަށް ފަހު ފިލަން ގެއަކަށް ވަން މީހަކު ފަހައި ފުލުހުން ވަދެ، އޭނާ އަނިޔާކޮށްފި.
އެތަން ބަލައި ފާސްކުރަން ކްރިމިނަލް ކޯޓުން ފުލުހުންނަށް ދީފައިވާ އަމުރުގެ ވަގުތު ހަމަވަންދެެން އެ ސަރަހައްދުގައި ހަރަކާތްތެރިވާނެ ކަމަށް ފުލުހުން ބުނެފި. އެ އަމުރު ދީފައިވަނީ 48 ގަޑިއިރު ވަންދެން. އެމްޑީޕީން ބުނަނީ އެ ސަރަހައްދަށް ދީފައި ހުރި ގެއްލުމަށް ފުލުހުން ބަދަލު ދޭންޖެހޭނެ ކަމަށް.
އެމްޑީޕީގެ ދެ މީހަކު ކޯޓު އަމުރު ހިފައިގެން އުސްފަސްގަނޑަށް އައިސްފި. ފުލުހުން އަންނަނީ އެ ދެ މީހުންނާ މަޝްވަރާ ކުރަމުން.
އެ ސަރަހައްދުގައި ތިބި ފުލުހުންވެސް އެމީހުންގެ ސާމާނުތައް ޕެކް ކުރަން ފަށައިފި. ހަރަކާތްތައް ހުރީ އެ ސަރައްދު ދޫކޮށް ދާން އުޅޭކަހަލަ ގޮތަކަށް.
ފުލުހުން ވަނީ އެއްވެފައިވާ މީހުން މަޖީދީ މަގުން ދެކުނަށް ފަހަތައް ޖައްސަން ފަށާފައި. މިވަގުތު ހަމަނުޖެހުމެއް ނުހިނގާ.
އެ ސަރަހައްދަށް ދިޔަ ގިނަ ސިފައިން އެ ސަރަހައްދު ދޫކޮށް ގޮސްފި. އެ ސަރަހައްދުގައި ފުލުހުން އަންނަނީ ފޯރި މަރަމުން.
ފުލުހުން ބުނީ ސިވިލްކޯޓުގެ އަމުރަށް ތަބާވާނެ ކަމަށް. އަދި އެތަން ރޫޅުމުގެ މަސައްކަތް ނުކުރާނެ ކަމަށާއި އެކަން ވަނީ ހުއްޓާލާފައި ކަމަށް ވިދާޅުވި.
ފުލުހުން އަމަލުކުރާނީ ކޯޓު އަމުރާ އެއްގޮތައް. އަޅުގަނޑުމެން އެތަން ރޫޅުން މި ވަނީ ވަގުތުން ހުއްޓާލާފައި
ކޯޓު އަމުރާ އެކު އުސްފަސްގަނޑު ރޫޅުމުގެ މަސައްކަތް ސިފައިން ހުއްޓާލައިފި.
އެމްޑީޕީން ސިވިލްކޯޓަށް ހުށަހަޅާފައިވާ އުސްފަސްގަނޑުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެތަން ރޫޅުމުގެ މަސައްކަތް ނުކުރުމަށް އެކަމުގައި ޝާމިލްވާ އެންމެންގެ މައްޗަށް އަމުރުކޮށް ސިވިލް ކޯޓުން ވަގުތީ އަމުރެއްނެރެފި. އަދި ޝާމިލްވާ އެންމެންގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވަނީ އެމްޑީޕީން ކޮށްފައިވާ ދައުވާގެ މަގުސަދަށް ހުރަސް އެޅޭނެ ފަދަ އެއްވެސް އަމަލެއް ކޮށްގެންނުވާނެ ކަމަށް.
ސިފައިން އުސްފަސްގަނޑު ރޫޅަނީ ވަރަށް ފަރުވާ ބަހައްޓައިގެން މަޑުމަޑުން. އެއްޗިހިތައް އުކާ އެފަދަ ކަމެއް ނުކުރޭ. ފުލުހުން ގެންދަނީ އެ ސަރަހައްދުގެ މަގުތަކުގައި ފޯރި މަރަމުން. އެއްވެސް ހަމަނުޖެހުމެއް އެ ސަރަހައްދަކު ނެތް.
އުސްފަސްގަނޑު ސިފައިން ރޫޅަން ފަށައިފި. އެތަން ރޫޅުމުގެ ކުރިން އެތަނުގައި ހުރި އެއްޗިހި ގެންދަން ފުލުހުން މިރޭ 10:00 ޖަހަންދެން ފުރުސަތު ދިން.
ޗާންދަނީ ޖަގްޝަނަށް އެއްވެފައިވާ މީހުން ފޮނުވާލައި އެ ސަރަހައްދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި. ނަމަވެސް މަދު މަދުން އެމްޑީޕީ މީހުން އެބައުޅޭ.
އުސްފަސްގަނޑު ރޫޅާލަން ގިނަ އަދަދެއްގެ ސިފައިން އައިސްފި.
ޗާންދަނީ ޖަގްޝަންގައި އެމްޑީޕީން ފުލުހުންނާ ކުރިމަތިލަނީ. ބައެއް މީހުން ހައްޔަރު ކުރަމުން އެބަދޭ.
މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމައްޗަށް އެމްޑީޕީގެ ސަޕޯޓަރުން އެއްވެ މުޒާހަރާ ފަށައިފި. މިއީ އެމްޑީޕީ ސަރުކާރުގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރި ސަރަހައްދެއް.
އަހަރުމެން ދެން މުޒާހަރާ ކުރާނީ މުޅި މާލޭގައި، މިއީ ފެށުން
ޓްރެކް ސަރަހައްދުގައި ތިބެ މުޒާހަރާ ކުރަމުން ދިޔަ ބައެއް މީހުން ގުރޫޕެއް ހަދާފައި އެ ދިމާލުން ނައްޓާލައިފި. އެ މީހުން ދަނީ ކޮންދިމާލަކަށް ކަމެއް ނޭންގޭ.
އުސްފަސްގަނޑުގައި ހަރަކާތްތެރިވާ އަންހެން ފުލުހަކަށް، އެއްވެފައި ތިބި މީހުންގެ ފަރާތުން އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފި.
ފުލުހުން ފަހުގެ އިންޒާރު ދިނުމަށް ފަހު އެއްްވެފައިވާ މީހުންތައް ރޫޅާލާނެ ކަމުގެ އިންޒާރުދީފި. އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ފުލުހުން ހައްޔަރުކޮށްފި. މުޒާހަރާގައި ތިބި މީހުން ޕެޓްރޯލް ސެޑާ ހަމައަށް ފަހަތަށް ޖައްސައިފި. ފުލުހުން އަންނަނީ އިންޒާރު ދެމުން އެ ސަރަހައްދު ދޫކޮށް ދިޔުމަށް.
ގާނޫނީ ގޮތުން އެމްޑީޕީ ތަމްސީލް ކުރާނެ ދެ ބޭފުޅުންގެ ގޮތުގައި މާރިޔާ އަހުމަދު ދީދީ އާއި ރައީސް ނަޝީދުގެ ކެބިނެޓު މިނިސްޓަރުކަން ކުރެއްވި މުހަންމަދު ޝިހާބު ހަމަޖެއްސުމަށް ގައުމީ މަޖިލީހަށް ވަޑައިގަތް 43 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފި. ގައުމީ މަޖިލިސް ކުރިއަށް ދަނީ އުސްފަސްގަނޑުގައި.
ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި ފިލްމީ ތަރި ލުފްޝާން ޝަކީބް ފުލުހުން ހައްޔަރުކޮށްފި، އޭނާ ވަނީ ޖިޕަށް އަރުވާފައި.
ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ ކޯޓުއަމުރެއްގެ ދަށުން އުސްފަސްގަނޑު ބަލާ ފާސްކުރުމުގެ ތެރޭގައި ޖިނާއީ ކުއްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެެވޭ ހެކި ފުލުހުންނަށް އެ ތަނުން ފެނިފައިވާތީ އެ ސަރަހައްދަކީ އަމާން އޮމާން ކުށުގެ ވެށިން ސަލާމަތްވެފައިވާ އެންމެނަށް ރައްކާތެރި ސަރަހައްދަކަށް ހެދުމުގެ ގޮތުން އެތަން ރޫޅާލާ އެ ތަނުގައި ހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ނިންމާފައިވާ ކަމަށް. އަދި ބުނެފައިވަނީ އެތަނުގައި ހުރި އާންމުންގެ މުދާ މިރޭ 10:00 ޖެހުމުގެ ކުރިން ގެންގޮސް ނިންމަން ޖެހޭނެ ކަމަށް.
އުސްފަސްގަނޑާއި އެސަރަހައްދާއި އިންވެގެންވާ ސަރަހައްދުގައި ހިނގާކަމަށް ތުހުމަތުކުރެވޭ ޖިނާޢި ކުށްތަކާއި ގުޅޭ ހެކި ހޯދުމަށް ކޯޓުއަމުރެއްގެ ދަށުން އެސަރަހައްދު ބަލާ ފާސްކުރުމުން ޖިނާޢީ ކުށުގެ އަމަލުތަކެއް އެސަރަހައްދުގައި ހިންގާފައިވާކަމަށް ބެލެވޭ ހެކިތަކެއް ފެނިފައިވާތީއާއި، އިސްވެ ބަޔާންކުރެވިފައިވާ ސަބަބުތަކަށްޓަކައި އެސަރަހައްދުގައި ވަކި ބަޔަކު ޖަމާވެގެން ތިބެ ހިންގަމުންދާ ޤާނޫނާއި ޚިލާފު ޢަމަލުތައް ހުއްޓުވައި އެސަރަހައްދަކީ ކުށުގެ ބިރުވެރިކަމުން ސަލާމަތްވެގެންވާ ޤާނޫނުގެ ބާރު ހިނގާ އެންމެހާ ރައްޔިތުންނަށް އަމާން ރައްކާތެރި ތަނަކަށް ހަދައި އާންމު ނިޒާމް (public Order) އަދި އާންމު ސަލާމަތާއި ރައްކައުތެރިކަން Public Safety)) އެސަރަހައްދުގައި ޤާއިމްކުރުމަށްޓަކައި އެސަރަހައްދުގައި މިހާރު ހިންގަމުންދާ ހަރަކާތްތައް ހުއްޓުވައި އެސަރަހައްދު ރޫޅާލުމަށްފަހު ޤާނޫނީ ބެލެނިވެރިކަން އޮތް ފަރާތާއި އެސަރަހައްދު ހަވާލުކުރުމަށް މިސަރވިސްއިން ނިންމައިފީމެވެ.
ފުލުހުންނަށް ނުކިޔަމަންތެރިކަން ދެއްކި ހަތަރު ފިރިހެނަކު ފުލުހުން ދެންމެ ހައްޔަރުކޮށްފި. އެ މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ބެރެކޭޑްކައިރިން.
ދެ ވަނަ ކޮންޓޭނަރުގެ ދެ ތަޅުހަލާކުކޮށްލުމަށް ފަހު ފުލުހުންގެ ފޮރެންސިކް ޓީމުން ވަދެފި އެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އާއި ގަލޮޅު އުތުރުދާއިރާގެ މެންބަރު އީވާ އަބްދުﷲ ފުލުހުންގެ ބެރެކޭޑްގެ ފަހަތަށް ޖައްސައިފި. އެ ދެ ބޭފުޅުން ބެރެކޭޑްގެ ފަހަތަށް ޖެއްސީ ބާރުގެ ބޭނުންކޮށްގެން.
ފުލުހުން ބަލައި ފާސްކުރުމުގެ ތެރޭގައި ކޮންޑަމް ފޮއްޓެއް ހޯދައިފި. ކޮންޑަމް ހޯދާފައި ވަނީ ކޮންޓޭނާގެ ތެރެއިން.
ތެޔޮ ބިޑި ކަމަށް ޝައްކުކުރެވޭ މަޝްތުވާއެއްޗިހިތަކެއް ފުލުހުން ހޯދައިފި ކަމަށް ފުލުހުން ބުނޭ.
ބަލައި ފާސްކުރަމުންދާއިރު ފުލުހުންނަށް ފެންނަ ބައެއް ތަކެތީގައި ރަތް ކުލައިގެ ދިދަ އެއް ޖަހަމުން އެބަދޭ. އެގޮތުން ދޭއްޗެއްގައި ދިދަ ޖަހައިފި.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރު މާރިޔާ އަހުމަދު ދީދީ އާއި އިލްޔާސް ލަބީބު އުސްފަސްގަނޑަށް ވަޑައިގެންފި. ކްރިމިނަލް ކޯޓު ފުލުހުންނަށް ދީފައިވާ އަމުރަކީ ބަލައި ފާސްކުރުމުގެ އަމުރެއް. އެ އަމުރު ދީފައިވަނީ އިއްޔެ 15:00 ގައި. ފުލުހުން ބުނަނީ އެތަން ބަލައި ފާސްކުރާނީ އެމްޑީޕީގެ ހާޒިރުގައި ކަމަށް.
ރަޔެޓް ގިޔަރުގައި ތިބި ގިނަ އަދަދެއްގެ ފުލުހުން އަންނަނީ އުސްފަސްގަނޑު ސަރަހައްދުގައި ހަރަކާްތެރިވަމުން. އެ ހިސާބުގެ ބޮޑު ސަރަހައްދެއް ވަނީ ބަންދުކޮށްފައި. އެކި ދިމަދިމާލަށް މީހުން އެއްވެފައި އޮތަސް އެ ސަރަހައްދު އަދި ފެންނަނީ އަމާންކޮށް. ފުލުހުން އަދި ތިބީ މަޑުކޮށްލައިގެން ފޯރިމަރަން.