މެލޭޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އަޒްމީ ޒައިނުއްދީން އެ މަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކަށް މިއަދު އަރުވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ސަފީރު ކަމުގެ ފަތްކޮޅު އެރުވުމަށްފަހު، ރައީސް ވަނީ ސަފީރަށް ތަހުނިއްޔާ ވިދާޅުވި އެވެ. މި ބައްދަލުވުމުގައި ރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮތް ގުޅުމާއި މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ.