28 May 2012, 14:14
ސައިކަލެއްގެ މަޑިދަށުގައި ހުރި ފައިސާތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ބުރުޒުމަގުގައި ހުންނަ ޗަމްޕާ ހެވަން ކުރިމަތީ ބަހައްޓާފައި ހުރި ސައިކަލެއްގެ މަޑި ދަށުގައި ރައްކާކޮށްފައި ހުރި ފައިސާތަކެއް އިއްޔެ ވަގަށް ނަގައިގެން ބަޔަކު ފިލި މައްސަލައާއި ގުޅިގެން ރޭގެ ވަގުތެއްގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ވަގަށް ނެގީ ކިހާ ފައިސާއެއް ކަމެއް ފުލުހުން ނުބުނެ އެވެ. އަދި އެ މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި މީހާގެ މައުލޫމާތެއް ވެސް ހާމައެއް ނުކުރެ އެވެ.
ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި އެ ވައްކަން ކޮށްފައި ވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ހަތަރު މީހުންގެ ގުރޫޕަކުން ނެވެ. ފަހަކަށް އައިސް ވައްކަމާއި ފޭރުން މާލޭގައި ގިނަވެފައިވާއިރު، ސައިކަލުތައް ވަގަށް ނެގުމާއި ގެއްލުން ދިނުމުން ދަނީ އިތުރު ވަމުންނެވެ.