އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން ޓެނިސް މުބާރާތުގެ ފެށުން މި މުބާރާތުގައި ހަތަރުވަނައަށް ސީޑު ކުރެވިފައިވާ ފިރިހެން ކުޅުންތެރިޔާ އިޓަލީވިލާތުގެ ޔަނިކް ސިނާ ރަނގަޅުކޮށްފިއެވެ.

ސިނާ ވަނީ މުބާރާތުގެ ފުރަތަމަ ބުރުގައި ނެދަލަންޑްސްގެ ބޮޓިކް ވެން ޑެ ޒެންޝުލްޕާއި ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފައެވެ. އުމުރުން 22 އަހަރުގެ ސިނާ މި މެޗު ކާމިޔާބު ކޮށްފައިވަނީ 6-4، 7-5، އަދި 6-3 އިންނެވެ.

މުބާރާތުގެ ފައިނަލުން ސިނާއަށް ޖާގަ ހޯދިއްޖެ އޭނާ ވެގެންދާނީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާ އިޓަލީވިލާތުގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. މުބާރާތުގެ ދެވަނަ ބުރުގައި ސިނާއަށް ބައްދަލުކުރަން ޖެހޭނީ އާޖެންޓީނާގެ ޕެޑްރޯ ކަޗިންއާއި ނެދަލަންޑްސްގެ ޖެސްޕާ ޑޮ ޖޮންގް ބައްދަލުކުރާ މެޗުން މޮޅުވާ ކުޅުންތެރިޔަކާއެވެ.

މެޗަށް ފަހު ވަހަކަ ދައްކަމުން ސިނާ ބުނީ، އާ ސީޒަންގެ ފުރަތަމަ މެޗު މޮޅަކާ އެކު ނިންމައިލެވުމުން ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި، މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކާ ރަނގަޅު ނަތީޖާތަކެއް ހޯދަން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ހުރީ ވަރަށް ފިޓްކޮށް ކަމަށާއި މުބާރާތުގެ ފުރަތަމަ މެޗަކީ އެއްވެސް ގޮތަކަށް ފަސޭހަ މެޗެއް ނޫން ކަމަށް އޭނާ ބުންޏެވެ.

އޮސްޓްރޭލިއަން އޯޕަންގައި މި ފަހަރު ރޭގަނޑު މާ ލަހުން މެޗުތައް ނިމުން މަދުކުރުމުގެ ގޮތުން މުބާރާތުގެ މުއްދަތު 15 ދުވަހަށް އިތުރު ކޮށްފައެވެ. މިދިޔަ ސީޒަންގައި ރޭގަނޑު މާ ލަހުން ބައެއް މެޗުތައް ނިމޭތީ ބައެއް ކުޅުންތެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.