12:16


ޕާކިސްތާނަށް ކުރިމަތިވި ނުރައްކާތެރި ފެން ބޮޑުވި ހާދިސާގައި ހާލުގައި ޖެހިފައި ތިބި އެތައް މިލިއަން މީހުންނަށް އެހީ ވުމުގެ ގޮތުން އަދާލަތު ޕާޓީން ފަންޑެއް ހުޅުވައިފި އެވެ.  


އާދަލަތު ޕާޓީން ބުނީ އެ ގޮތަށް ފަންޑެއް ހުޅުވަން ނިންމީ ޕާކިސްތާނު ސަރުކާރުން ބައިނަލްއަޤްވާމީ އެހީއަށް ވަނީ ގޮވާލާފަ ވާތީ އެތައް ބައަކު އެ މީހުންނަށް އެހީވާން ބޭނުންވެގެން އެދެމުންދިއުމާއި ގުޅިގެން ކަމަށެވެ. އިންޑިޔާ ކަނޑު ތެރެއަށް ކުރަމުންދާ ގަދަވިއްސާރަ އާއި ތޫފާނުގެ އަސަރު ޕާކިސްތާނަށް ވަރަށް ބޮޑަށް ކޮށް އެތާގެ އެތައް މިލިޔަން މީހުން ވަނީ ހާލުގައިޖެހިފަ އެވެ.  


އަދާލަތު ޕާޓީ އޮފީހުގައި ބަހައްޓާފައިވާ އެ ފޮށްޓަށް އެހީ ލުމުގެ ފުރުސަތު ވަނީ ކޮންމެ މީހަކަށް ވެސް ހުޅުވާލަފައި ކަމަށް އެ ޕާޓީން ބުނެ އެވެ.   އަދި ކާނިވާ ސަރަހައްދުގައި ޢަދާލަތު ޕާޓީން ބޭއްވި ދީނީ ޖަލްސާގައި އިންސާނީ އެހީތެރިކަން ދެއްވުމަށް ޢަދާލަތު ޕާޓީން ވަނީ ގޮވާލާފަ އެވެ.   


ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ ރެފިއުޖީންގެ ތެރޭގައި ޢާއްމު ވަބާތަކާއި ބަލިތައް ދަނީ ފެތުރެމުންނެވެ. ބޭރަށް ހިންގުމާއި ހޮޑުލެވުމާއި ކޮލެރާ ވަރަށް ހަލުއި ކަމާއެކު ފެތުރެމުންދާ ކަމަށް މީޑިއާ ރިޕޯޓު ތައް ބުންޏެވެ.