28 May 2012, 12:06
މި އަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ގައުމީ އިނާމާ ބެހޭ ކޮމިޓީން މާދަމާ ހުޅުވާލާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން ބުނީ އެކަމާ ބެހޭ އިތުރު ތަފްސީލުތައް މާދަމާ ރައީސް އޮފީހުގައި އިނާމް ކޮމިޓީން ބާއްވާ ޕްރެސް ކޮންފަރެންސެއްގައި ހިއްސާ ކުރާނެ ކަމަށެވެ.
މާދަމާ ބާއްވާ ނޫން ކޮންފަރެންސްގައި، އިނާމު ދެއްވުމަށް އެކި ފަރާތްތައް ހޮއްވެވުމުގެ ކަންތައްތައް، މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ގެންދިއުމާ ބެހޭ ގޮތުން އެ ކޮމިޓީގައި މަޝްވަރާކޮށް ގެނެސްފައިވާ ބަދަލުތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރާނެ އެވެ.
ގައުމީ އިނާމާ ބެހޭ ކޮމިޓީ ރައީސް ޑރ. މުހައްމަދު ވަހީދު އަލުން ވަނީ އަލުން އެކުލަވާލައްވައިފަ އެވެ.
އެ ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގެންނަވާ ބޭފުޅުންނަކީ ކޮމިޓީގެ ޗެއާމަން ކުރީގެ އެޓޯލްސް މިނިސްޓަރު އަބްދުއްރަޝީދު ހުސެއިންގެ އިތުރުން މއ. ސިގްމާ، އަބްދުﷲ އާދަމާއި، މ. މަހުމާވިލާ އިބްރާހީމް އިސްމާއީލާއި، މއ. ފިއަވަނި އަހުމަދު އަލިމަނިކާއި މއ. ދަގަނޑުކެނޑިގޭ ފާތިމަތު އާފިޔާ އާއި ހ. މާދޫގޭ ހުސައިން އާމިރާއި މ. ހަޒާރުމާގޭ އަހުމަދު ވަޖީހާއި ވިލިމާލޭ ފަހިދޫ، ޝުހުދާ ފުއާދާއި ޅ. ކުރެންދޫ ނޫރަންގޭ، ޒުލްފާ އިބްރާހީމެވެ.