12:15


އުމްރާއަށް ގޮސް އުޅުނު އުމުރުން 56 އަހަރުގެ ދިވެހި އަންހެނަކު ކާރު އެކްސިޑެންޓެއްގައި ރޭ މަރުވެއްޖެ އެވެ.


އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލު އަލީ ޒާހިރު ވިދާޅުވީ، މައްކާގައި އިއްޔެ އިރުއޮއްސުނުއިރު ހިނގި އެކްސިޑެންޓެއްގައި މަރުވެފައި ވަނީ ޒައީ ހައްޖު ގްރޫޕުގެ ފަރާތުން އުމްރާއަށް ގޮސް ހުރި ހއ. ދިއްދޫ، އައިމިނަތު އަދާމް އަލީ ކަމަށެވެ.  


އެ ހާދިސާ ހިނގާފައި ވަނީ، އާމިނަތާއި އޭނާގެ އާއިލާ މީހުން މަޣުރިބު ނަމާދަށް ދިޔަ މަގުމަތީގައި، މަގު ހުރަސްކުރަން އުޅެނިކޮށް ކާރެއްގައި ޖެހި އެކްސިޑެންޓުވެގެން ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ. މި ހާދިސާ ހިނގުމާއެކު އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭނާ މަރުވެފައިވަނީ، ފަރުވާދެމުން ދަނިކޮށް ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.