12:10


ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމެއް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ އިސްނެންގެވުމުގެ ދަށުން ބޭއްވުމަށް ހަމަޖައްސައިފި އެވެ.  


މައުމޫން ފައުންޑޭޝަނުން ބުނީ އިސްލާމް ދީނާމެދު ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮތް ޤަދަރާއި ލޯތްބާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި އެ ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި ޕްރޮގްރާމްތަކުގެ ފުރަތަމަ ޖަލްސާ އޮންނާނީ އަންނަ ހުކުރު ދުވަހު 9 ޖަހާއިރު ދަރުބާރުގޭގައި ކަމަށެވެ.


ރައީސް މައުމޫންގެ ތަރުޖަމާނު މުހައްމަދު ޝަރީފް މުންދު ވިދާޅުވީ މި އަހަރުގެ ޕްރޮގްރާމްތައް ބޭއްވުމަށް ހަމަޖައްސާފައި ވަނީ މައުމޫން ފައުންޑޭޝަންގެ ފަރާތުން ކަމަށެވެ. އަދި ދީނީ ނަސޭހަތް ދިނުމުގެ ޖަލްސާތަކުގައި ރައީސް މައުމޫންގެ އިތުރުން ކޮންމެ ރެއަކު ވެސް ދީނީ އެހެން އިލްމުވެރިއަކު ވާހަކަ ދައްކަވާނެ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.